ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރު އައިއިރު ގުޅީގެ ރައްޔިތުން ތިބީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި ކަމަށާއި، ނަމަވެސް ގުޅީގެ ފެނަކީ މިހާރު ބޯން އެކަށީގެންވާ ފެން ކަމަށެވެ. އަދި ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށާނެ ކަމަށާއި، އެ ރަށުގައި އޭޓީއެމް ބަހައްޓައިދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ، ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކުރުމާއި ރައްޔިތުން އެދޭ ގޮތަށް ކުރިއަށް އޮތް ދައުރުގައި އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށް ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ގުޅިއަކީ އާބާދީ ކުޑަކަމުން މީގެ ކުރިން އަޅައިނުލައި އޮތް ރަށެއް ކަމަށާއި މި ސަރުކާރުން އެރަަށަށް އިސްކަންދިނީ އެހެންވެ ކަމަށެވެ.
ރައީސް ސޯލިހްގެ އަތޮޅުތެރޭގެ ކެމްޕޭން ދަތުރުފުޅު ފެއްޓެވީ ށ. އަތޮޅުންނެވެ. އެ ދަތުރުފުޅުގައި އެކަނިކްފާނު ވަނީ ށ. ކޮމަންޑޫ، މަރޮއްށި، ނޫމަރާ އަދި ފޯކައިދޫ އަށް ވަޑައިގެންފައެވެ. އޭގެ އިތުރުން. "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ކެމްޕޭން ފެށުމުގެ ރަސްމިީ ޖަލްސާ ވަނީމިމަހުގެ ނުވައެއްގައި ފޯކައިދޫގައި ބާއްވާފައެވެ. ރައީސް އާއިއެކު މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.






