މާލެ: 31°C

ދެ ކައުންސިލަރެއް ހައްޔަރު ކުރުމުން ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

July 20, 2023
2 ފަހަރު ބަލާފައި
ދެ ކައުންސިލަރެއް ހައްޔަރު ކުރުމުން ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
ދެ ކައުންސިލަރެއް ހައްޔަރު ކުރުމުން ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހްމަދު އައިފާން ހައްޔަރު ކުރުމުން މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. މި ދެ ކައުންސިލަރުން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ހަރަކާތްތެރިވަނިކޮށެވެ. މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާލޭ ސިޓީގެ ބެލުމުގެދަށުގައިވާ ޖުމުހޫރީ މައިދާނަށް އާންމު ރައްޔިތެއްގެ ހައިސިއްޔަތުންނާއި މާލޭ ސިޓީގެ ކައުންސިލަރެއްގެ ހައިސިއްޔަތުން ވަދެ އެތަނުގައި އާންމު ހެދުމުގައި އެއްވެސް ކުށެއްނުކޮށް ތިއްބަވަނިކޮށް އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވާ ކަމަށެވެ. "..ފުލުހުން ޖުމުހޫރީ މައިދާނަށްވަދެ މާލޭ ސިޓީގެ ދެ ކައުންސިލަރުން ހައްރުކޮށް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ ގެންދިއުމަކީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވާ ކަމެއްކަމުގައި ދެކެމެވެ." ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ޤާނޫނު އަސާސީއާއި ހިލާފަށް މާލޭ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ފުލުހުން ހައްޔަރުކުރި ކުރުމަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ގޮންޖައްސަވައި ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރުކަނޑުވައިލުމަށް ފުލުހުން ހިންގި އަމަލެއް ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި މިއީ ސިޓީ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ