މާލެ: 31°C

ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ކުރިއަށް ދަނީ

July 10, 2023
2 ފަހަރު ބަލާފައި
ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ކުރިއަށް ދަނީ
ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ދައުރުގެ ތެރޭގައި ބާއްވާ ޖަލްސާތައް ފިޔަވާ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ މިއަދު ބާއްވަމުން އެބަދެ އެވެ. މިއަދުގެ ޖަލްސާގައި ކުރުމަށް އެޖެންޑާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާއި ޕާޓީއަކަށް ނިސްބަތްވެ ވަޑައި ނުގަންނަވާ މެންބަރުން ތަމްސީލު ކުރާގޮތަށް ބަދަލު ގެނައުމެވެ. މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ދަފްތަރަށް އައި ބަދަލާއެކު ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލު ކުރާނެ ގޮތެއް ނުނިންމި އަހަރުގެ ދެވަނަ ދައުރު ނިންމާލި އިރު މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓުމުކަށް އައިސްފަ އެވެ. ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ. އެޖަލްސާގައިވެސް ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލު ކުރާނެ ގޮތެއް ނިންމުމަށް އެޖެންޑާކުރި ނަމަވެސް ޖަލްސާ ނިންމާލަން ޖެހުނީ އެއްވެސް މަސައްކަތްތެއް ނުކުރެވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ - އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކައިރި ކައިރީގައި މަޖިލީހަށް ވެއްދި ހިސާބުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ