މާލެ: 31°C

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭ އަދަދަށް މެންބަރުން ތިބީ 6 ޕާޓީއެއްގައި: އީސީ

January 23, 2024
3 ފަހަރު ބަލާފައި
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭ އަދަދަށް މެންބަރުން ތިބީ 6 ޕާޓީއެއްގައި: އީސީ
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭ އަދަދަށް މެންބަރުން ތިބީ 6 ޕާޓީއެއްގައި: އީސީ
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10 ހާސް މީހުން ހަމަވާ ޕާޓިތަކަށް އެކަނި ކަމުގައި އިލެކްޝަން ކޮމިޝަން ( އީސީ) އިން ބުނެފިއެވެ. އީސީން ބުނީ، މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަޖެޓުފާސް އިރު 10 ހާސް މެންބަރުން ހަމަވަނީ، އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭގެ އިތުރން އަދާލަތު ޕާޓީ ކަމަށެވެ. އެގޮތުން މި ހަ ޕާޓީއަށް ދައުލަތުގެ ބަޖެޓުން ފައިސާދޭން ނިންމާފައިވަނީ އެ ޕާޓީގައި ތިބި އަދަދަށް ބޮލަކަށް 289/62ރ ގެ ރޭޓުން ކަމަށް އީސީން ވަނީ ބުނެފައެވެ. މީގެ އިތުރުން ފައިސާ ދޭ އިރު އެއްވެސް ޕާޓީއަކުން އީސީ އަށް ފައިސާ އެއް ދައްކަން ޖެހިފައިވާނަމަ، އެ ފައިސާ އެ ޕާޓީއަކަށް ދޭ ފައިސާ އަކުން އުނިކުރާނެ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ. https://twitter.com/IsmailHabeeb/status/1749393901163884853 މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ