މާލެ: 31°C

މަޖިލީހުގެ "އާދަޔާ ޚިލާފު" ޖަލްސާ އަންނަ އާދިއަތަ ދުވަހު! ވަޒީރުންނަށް ރުހުންދިނުންވެސް ހިމެނޭ

January 25, 2024
3 ފަހަރު ބަލާފައި
މަޖިލީހުގެ "އާދަޔާ ޚިލާފު" ޖަލްސާ އަންނަ އާދިއަތަ ދުވަހު! ވަޒީރުންނަށް ރުހުންދިނުންވެސް ހިމެނޭ
މަޖިލީހުގެ "އާދަޔާ ޚިލާފު" ޖަލްސާ އަންނަ އާދިއަތަ ދުވަހު! ވަޒީރުންނަށް ރުހުންދިނުންވެސް ހިމެނޭ

އާންމުކޮށް ރައްޔިތުންގެ މަޖިލިސް ހިންގާ ދައުރުން ބޭރުން (އެކްސްޓްރާ އޯޑިނަރީ) ކޮށް ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ، އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމާއި ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށައަޅާފައި ވަނީ އެމްޑީޕީ އަދި ޑިމޮކްރެޓްސް ގެފަަރާތުންނެވެ.

މިހާރު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭގެ ކުރިން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އެދިފައި މިވަނީ އެފަދަ ޖަލްސާއެއް ކޮންމެހެން ބާއްވަންޖެހޭކަމަށް އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އަށް ގަބޫލުކުރެވި އެކަމަށް ހުށައެލުމުންނެވެ. އަދި އެ ހުށައެޅުމާ އެއްގޮތަށް މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ އާދިއްތަ ދުވަހު ޖަލްސާ ބާއްވަން ނިންމައިފަ އެވެ.

އާދިއްތަ ދުވަހުގެ "އާދަޔާ ޚިލާފު" ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ބިމާބެހޭ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހެޅުން އަދި މެންޑޭޓު ބަދަލުވި ތިން މިނިސްޓްރީއެއްގެ މައްސަލަ ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެ އެވެ. އޭގެ އިތުރުން، ވަޒީރުންނަށް ރުހުން ދިނުމަށް ވެސް ތާވަލް ކޮށްފައިވެ އެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެންނަނީ، މަޖިލީހުގެ އިންތިހާބު ރޯދަ މަހު ބާއްވަން ޖެހޭތީ އެކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ހުށައެޅުއްވި އިސްލާހަކާ ގުޅިގެންނެވެ.

ރާއްޖޭގެ ގިނަ ސިޔާސީ ޕާޓިތަކުން ރޯދަމަހު އިނތިހާބު ނުބާއްވަން އެދިފައިވަނިކޮށްވެސް އިލެކްޝަން ކޮމިޝަނުން މިހާރު ނިންމާފައިވަނީ އަންނަ މާރޗް މަހުގެ 17 (ރޯދަމަހުގެ ކުރީކޮޅު) ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ