މާލެ: 31°C

ދަފްތަރުގަ ނެތްބަޔަކު ވޯޓުލާން ނެރެން މަސައްކަތް އެބަ ކުރޭ: އިބުރޭ

January 26, 2023
2 ފަހަރު ބަލާފައި
ދަފްތަރުގަ ނެތްބަޔަކު ވޯޓުލާން ނެރެން މަސައްކަތް އެބަ ކުރޭ: އިބުރޭ
ދަފްތަރުގަ ނެތްބަޔަކު ވޯޓުލާން ނެރެން މަސައްކަތް އެބަ ކުރޭ: އިބުރޭ
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީގައި ޕާޓީގެ ދަފުތަރުގައި ނެތްބަޔަކު ވޯޓުލާން ނެރެން ބަޔަކު މަސައްކަތް ކުރާކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިބުރާހިމް ވަހީދު ވިދާޅުވެޖެއެވެ. އެމްޑީޕީ ޕްރައިމަރީއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވަހީދު ވިދާޅުވީ ބައެއް ބޭފުޅުން ރާވައިގެން އެޕާޓީގެ ދަފުތަރުގައި ނެތް މީހުން ލައްވާ ވޯޓު ލުމަށް މަސައްކަތް ކުރާމަކަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޕާޓީގައި ނެތް އެތައްހާސް މީހުންނަކަށް ޕްރައިމަރީގައި ވޯޓު ލާން ނުކުތުމަށް މެސެޖު ފޮނުވަމުންދާ ކަމަށެވެ. "މެސެޖު އެބަފޮނުވާ އެބޭފުނުންނަށް އެބޭފުޅުންނަށް.. އެބަ އަންގަވާ އެދުވަހު ނުކުމެވަޑާގަނެ އެތަނަށް ދުރުވާށޭ ވޯޓު ލެވޭނެއޭ. އެކަހަލަ ކަންތައް ނުކުރެއްވުމަށް އަޅުގަނޑު ދަންނަވަން ކޮންމެ ބަޔަކު ކުރިކަމަކަށް ވިޔަސް." ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ އެމްޑީޕީއިން ވާނީ ވޯޓާސް ލިސްޓް އާންމުކޮށްފައި ކަމަށާއި އެލިސްޓުގައި ނެތް މީހަކަށް އެފަދަ މެސެޖެއް ލިބިގެން ވޯޓު ލާންދިޔަޔަސް އެފުރުސަތު ނުލިބޭނެކަމަށެވެ. ވަހީދު މިކަން ސިފަ ކުރައްވަނީ އެއީ އެޕާޓީގެ އެތެރެ ގަޑުބަޑު ކޮށްލުމުގެ ނިޔަތުގައި ކޮމެވެސް ބަޔަކު ރާވައިގެން ކުރާކަމެއްގެ ގޮތުގައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށްފައި ވާއިރު އެޕާޓީން މިއަދު ބުނި ގޮތުގައި އެ އިންތިހާބަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ވެނިމިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ