ދާދި އަވަހަށް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގޮތް ހަމަޖެހިގެންދާނެ: ރައީސް

ދާދި އަވަހަށް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގޮތް ހަމަޖެހިގެންދާނެ: ރައީސް
ލިޔުން:
ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބަލަހައްޓާނީ ދިވެހިން ކަމަށާއި، ދާދި އަވަހަށް އެކަން ކުރާނޭ އިންތިޒާމުތައް ހަމަޖެހިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ.އަތޮޅު ވޭމަންޑޫއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ބެލި ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ހިމާޔަތްކުރަންޖެހޭ ސަރަހައްދެއް ކަމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން މިއަދާހަމަޔަށް އާއިރުވެސް ބެލެހެއްޓިފައި ނުވާކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ ބަޔަކު ތިބުމަކީ ދިވެހިން އެދޭނޭ ގޮތެއް ނޫންކަމަށެވެ.
"އަޅުގަނޑުމެން ގޯތީގެ ވަށާފާރުގެ އިންފާރުގެ އެތެރެ ބަލަހައްޓަންޖެހޭނީ އެހެން ބަޔަކު އައިސްގެންތޯ. ނުވަތަ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރުކޮށްގެންތޯ އެއީ މި އުފެދޭ ސުވާލަކީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނޭ ކަމަށާއި މި ސަރުކާރުން އެކަން ކުރާނޭކަމަށެވެ. އެކަމަށްޓަކައި ކުރަންޖެހެ ކަންކަން ކުރަން ފަށައި، ވަރަށް އަވަހަށް އަމަލީގޮތުން އެކަންކުރާ މަންޒަރު ފެނިގެންދާނޭކަމަށެވެ..
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
