މާލެ: 31°C

ދ. ކުޑަހުވަދޫ މ. މުލަކު ލ. ގަމު ކައުންސިލް ގެ ހުސްވެފައިވާ ކައުންސިލަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ރީރަޖިސްޓްރޭޝަން ހުޅުވާލުން

May 28, 2024
2 ފަހަރު ބަލާފައި

ދ. ކުޑަހުވަދޫ ކައުންސިލް ރައީސް، މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އަދި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.

އިލެކްކްޝަންސް ކޮމިޝަނުން މިއަދު ގެޒެޓްކޮސްފައިވާ އިއުލާނުގައިވާގޮތުން 2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލް ރައީސް، މ.މުލައް އަދި ލ.ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2024 މޭ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2024 މޭ 30ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އަދި އެ އިއުލާނުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލެގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ފިޔަވައި އެހެން ތަންތަނަށް ނުވަތަ ރަށްރަށައް ރަޖިސްޓަރީވެފައިވާ މީހުުންގެ ވޯޓްލެވޭ ރަށް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ