މާލެ: 31°C

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި

July 20, 2023
2 ފަހަރު ބަލާފައި
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް އެޕާޓީން މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށެވެ. އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު މިއަދު އާންމު ކުރާނެކަމަށްވެސް ޑިމޮކްރެޓްސްއިން ވަނީ ބުނެފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާކަމަށްވެސް އެ ޕާޓީން ބުނެ އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމާއިއެކު ރައްރިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ނެރޭ ކެންޑިޑޭޓެެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމަށް ގަސްތު ކުރައްވާ ކަމަށެވެ. އަދި ހުރިހާ މެންބަރުން އޭނާއަށް ތާއިދު ކުރުމަށްވެސް އެދިފައިވެ އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ވާދަ ކުރުމަށް ހުޅުވާލައިފައިވާއިރު އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ޝައުގުވެރިކަމެއް ނެތްކަމަށް ރައީސް ނަޝީދު އިއްޔެވަނީ އިއުލާން ކުރައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ