މާލެ: 31°C

ކައުންސެލް ޖެނެރަލް ދެއްވި ލަފައަކީ ދެވަނަ ފަރަހަށް ރުހުން ހޯދުމަށް ނޮފޮނުވޭނެ ކަމަށް: ބިގޭ

January 30, 2024
3 ފަހަރު ބަލާފައި
ކައުންސެލް ޖެނެރަލް ދެއްވި ލަފައަކީ ދެވަނަ ފަރަހަށް ރުހުން ހޯދުމަށް ނޮފޮނުވޭނެ ކަމަށް: ބިގޭ
ކައުންސެލް ޖެނެރަލް ދެއްވި ލަފައަކީ ދެވަނަ ފަރަހަށް ރުހުން ހޯދުމަށް ނޮފޮނުވޭނެ ކަމަށް: ބިގޭ
ރުހުން ނުދިން ވަޒީރުންނަށް އަލުން އަނބުރާ ރުހުން ހޯދުމަށް ނޮފޮނުވޭނޭކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާދެއްވާފައިވާކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ހާމަކޮށްފިއެވެ. މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދީ ފޮނުވާލާފައިވަނިކޮށް ރުހުން ހޯދުމަށް އަލުން ފޮނުވި މައްސަލައާ ގުޅޭގޮތުން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ، ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން، ރައްޔިތުން މަޖިލީހުގެ އަމިން އާންމާއި، މަޖިލީހުގެ ރައީސާއި، އަދި ކައުންސެލް ޖެނެރަލް އާ އެކު ބޭއްވުނު ބައްދަލުވުމެއްގައި ދެވަނަ ފަރަހަށް ރުހުން ހޯދުމަށް ނޮފޮނުއްވޭނޭކަމަށް ކައުންސެލް ޖެނެރަލްގެ ފަރާތުން ލަފާ ލިބިފައިވާކަމަށެވެ. ބިގޭ ވިދާޅުވީ، މި ޖަލްސާގައި އޭނާވެސް ބައިވެރިވި ކަމަށާއި، މި މައްސަލައާ ގުޅޭގޮތުން ކައުންސެލް ޖެނެރަލް ވަރަށް ސާފުކޮށްށް ލަފާ ދެއްވާފައިވާއިރު، ރުހުން ނުލިބުނު ވަޒީރުންނަށް ދެވަނަ ފަހަރަށް ރުހުން ހޯދުމަށް ފޮނުއްވުމަށް ދެން އެކަމުގައި އެމްޑީޕީން ކަން ކުރާނޭ ގޮތެއް ނިންމާނީ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ފަހުގައި ކަމަށެވެ. [caption id="attachment_96894" align="alignnone" width="890"] ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ: އޭނާގެ ލަފަޔަކީ، ދެވަނަ ފަހަރަށް ރުހުން ހޯދުމަށް ނޮފޮނުވޭނޭކަމަށް އެމްޑީޕީން ބުނޭ---[/caption] ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ އެންމެނަށްވެސް އެނގޭނެހެން ދުސްތޫރުގައި ކަނޑައަޅާފައިވާ އިންތަކުގައި ދައުލަތުގެ ބާރުތަކުގެ ތެރެއިން އެއްވެސް ބާރަކީ މުތުލަގުކޮށް ތަށްމިނަށް ބާރުތަކެއް ލިބިފައިވާ ބައެއް ނޫންކަމަށާއި، ފެނިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއަށް އިހުތިރާމު ނުކޮށް، ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ. "ފެނިގެން މިދަނީ ގާނޫނު އަސާސީގައި ސަރީހަ އިބާރާތުން ވަކި ކަމެއް ނުކުރެވޭނެއޭ އެހެން ލިޔެފައިނެތް ކޮންމެކަމެއް އެއީ ތިމަންނާމެންނަށް ކުރެވޭނެ ކަމެއްގެ ގޮތަށް ގާނޫނު އަސާސީ މާނަކޮށްގެން ކުރިއަށްދާ މަންޒަރު" ހިސާން ވިދާޅުވިއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން ރުހުންދިނުމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރީ 19 ވަޒީރަކަށެވެ. ރުހުން ދޭން ނުފެންނަކަމަށް ނިންމި ތިން ވަޒީރުންނަކީ، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް، ހައުސިން މިނިސްޓަރު ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އުޝާމެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާއިން އެ ތިން ވަޒީރަށް ރުހުން ނުދިން ނަމަވެސް ރައީސް ވަނީ ދެވަނަ އެ ތިން ނަންފުޅު މަޖިލީހަށް ފޮނުއްވާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ