މާލެ: 31°C

ކޮމިޓީތަކުގައި ޕާޓީތަށް ތަމްސީލު ކުރާނެ ގޮތް ފާސްކޮށްފި

July 10, 2023
2 ފަހަރު ބަލާފައި
ކޮމިޓީތަކުގައި ޕާޓީތަށް ތަމްސީލު ކުރާނެ ގޮތް ފާސްކޮށްފި
ކޮމިޓީތަކުގައި ޕާޓީތަށް ތަމްސީލު ކުރާނެ ގޮތް ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގި ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި އަމިއްލަ މެންބަރުން ތަމްސީލު ކުރާނެ ގޮތް ފާސްކޮށްފި އެވެ. މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި މި މަސައްކަތް ކުރަން މަސައްކަތް ކުރި ނަމަވެސް ދައުރު ނިމިގެން ދިޔަ އިރުވެސް މި މައްސަލައަށް ގޮތެއް ނުނިމެ އެވެ. މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ކޮމިޓީތަކުގައި މެންބަރުން ތަމްސީލު ކުރާނެ ނިސްބަތް ފާސް ކުރުމަށް ފެންނަކަމަށް ވޯޓު ދެއްވާފައިވަނީ 35 މެންބަރުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ މެންބަރުން ތަމްސީލު ކުރާނެ ނިސްބަތް ކަނޑައަޅާ ފާސްވުމުން އެ ނިސްބަތުން މެންބަރުން އައްޔަން ކުރުމަށް ކޮމިޓީތަކުގައި ތަމްސީލު ކުރާނެ މެންބަރުންގެ ނަންތައް މިރޭ 21:00 ގެ ކުރިން ފޮނުވައި ދެއްވުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ އެދިވަޑައިގެންފަ އެވެ.

ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލު ކުރާނެ ނިސްބަތް
  • އެމްޑީޕީ - 113 ސްލޮޓް
  • ޕީޕީއެމް - 11 ސްލޮޓް
  • ޕީއެންސީ - 7 ސްލޮޓް
  • އެމްއެންޕީ - 7 ސްލޮޓް
  • ޖުމްހޫރީ ޕާޓީ - 5 ސްލޮޓް
  • އެމްޑީއޭ - 5 ސްލޮޓް
  • އަމިއްލަ މެންބަރުން - 35 ސްލޮޓް
އަމިއްލަ މެންބަރުން ކޮމިޓީތަކަށް އައްޔަން ކުރައްވާނީ މަޖިލީހުގެ ރައީސްކަމަށް ހަސަން އަފީފް ވަނީ ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ