މާލެ: 31°C

ކެމްޕޭނަށް ރައީސް ސޯލިހު ވ. އަތޮޅަށް ވަޑައިގެންފި

July 17, 2023
2 ފަހަރު ބަލާފައި
ކެމްޕޭނަށް ރައީސް ސޯލިހު ވ. އަތޮޅަށް ވަޑައިގެންފި
ކެމްޕޭނަށް ރައީސް ސޯލިހު ވ. އަތޮޅަށް ވަޑައިގެންފި
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވ. ރަކީދޫއަށް ވަޑައިގެންފި އެވެ. މިއީ ކެމްޕޭނު ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވި ހަތަރުވަނަ އަތޮޅެވެ. މީގެ ކުރިން ރައީސް ސޯލިހު ވަނީ ށ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަޑައިގެންފަ އެވެ. ރައީސް ސޯލިހު ވ. އަތޮޅަށް މި ފެއްޓެވި ދަތުރުފުޅުގައި ވ. އަތޮޅުގެ ހުރިހާ ރަށަކަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނިކުންނަވާއިރު އެމްޑީޕީގެ ކޯލިޝަންގައި ތިބީ އިތުރު ދެ ޕާޓީ އެވެ. އެއީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުމުގެ ގޮތުން ރައީސް ސޯލިހާއި ކޯލިޝަންގެ އިސްވެރިން ބައިވެރި ވަޑައިގެންނެވި ބޮޑު ޖަލްސާ ބާއްވާފައިވަނީ ށ. ފޯކައިދޫގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ