މާލެ: 31°C

ބޮސްނިއާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ގަތުލުއާމު ފާހަގަކުރަން ރާއްޖެއިން ވޯޓް ނުދިން ސަބަބު ހާމަކުރަން ރައީސް މައުމޫނު ގޮވާލައްވައިފި

May 27, 2024
2 ފަހަރު ބަލާފައި
ބޮސްނިއާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ގަތުލުއާމު ފާހަގަކުރަން ރާއްޖެއިން ވޯޓް ނުދިން ސަބަބު ހާމަކުރަން ރައީސް މައުމޫނު ގޮވާލައްވައިފި
ބޮސްނިއާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ގަތުލުއާމު ފާހަގަކުރަން ރާއްޖެއިން ވޯޓް ނުދިން ސަބަބު ހާމަކުރަން ރައީސް މައުމޫނު ގޮވާލައްވައިފި
ބޮސްނިއާގެ މުސްލިމުންނާދެކޮޅަށް ސާބިއާ ދަރިކޮޅުން ހިންގާފައިވާ މާސިންގާ ގަތުލުއާމު ފާހަގަކުރުމަށް އދ.އަށް ހުށަހެޅުނު ޤަރާރަށް ދިވެހިރާއްޖެއިން ވޯޓު ނުދިން ސަބަބު ހާމަކުރުމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު އަރިހުން ރައީސް މައުމޫނު އެދިވަޑައިގެންފިއެވެ. ރައީސް މައުމޫނު މޫސައެގޮތައް އެދިވަޑައިގެންނެވީ ދަރިކަލުން ފާރިޝް މައުމޫނު އެކްސް ގައި ކޮށްފައިވާ ޕޯސްޓަކަށް ފޮރިން މިނިސްޓަރ މުސާ ޒަމީރު ޓެގްކުރައްވައި ކުރެއްވި ކޮމެންޓް އެއްގައިުއެވެ. 1995 ވަނަ އަހަރުގެ ޖުލައި 11 ވަނަ ދުވަހު ބޮސްނިއާ ގެ 8372 މުސްލިމުން އިހާނެތިގޮތެއްގައި މަރާލި މަރާލުން ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރުމަށް އދ.އަށް ހުށަހެޅީ އެފަދަ ލާއިންސާނީ ޖަރީމާތައް ހިންގުމާ ދެކޮޅަށް ފާގަކުރާ ދުވަހެއްގެ ގިތުގައި އެދުވަސް ކަނޑައެޅުމަށެވެ. އދ.އަށް ހުށަހެޅުނު ގަރާރާ ދެކޮޅަށް ވޯޓު ދިނީ 19 ގައުމުންނެވެ. ވޯޓްގައި ބައިވެރިވިނަމަވެސް ވަކިގޮތަކަށް  68 ގައުމުން ވޯޓް ނުދޭއިރު ދިވެހިރާއްޖެ ހިމެނެނެނީ ވަކިގޮތަކަށް ވޯޓް ނުދޭ ގައުމެއްގެ ގޮތުގައި އެވެ. ނަމަވެސް 84 ގައުމުން ވޯޓް ދީގެން އެ ޤަރާރު ވަނީ އދ.އިން ފާސްކޮށްފައެވެ. ބޮސްނިއާ ހަނގުރާމަ އަކީ 1992 ވަނަ އަހަރު ބޮސްނިއާގެ މުސްލިމު ދަރިކޮޅާ ދެކޮޅަށް ސާބިއާ ދަރިކޮޅުގެ މީހުން ފެށި ހަނގުރާމައެކެވެ. އެހަނގުރާމަ 1995 ވަނައަހަރު ނިމުނު އިރު 97207 މީހުން ވަނީ މަރާލާފައެވެ. ބޮސްނިއާ ގަތުލުއަމު ކުއްވެރިކޮށް މުޅިރާއްޖޭގައި އެދުވަސްވަރުވަނީ އެއްވުންތައްބާއްވައި އެކަން ކުއްވެރިކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ