މާލެ: 31°C

ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނެސްދޭނަން: ރައީސް

July 20, 2023
2 ފަހަރު ބަލާފައި
ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނެސްދޭނަން: ރައީސް
ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނެސްދޭނަން: ރައީސް
ބޮޑުތިލަދުންމައްޗަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. އިހަވަންދޫއަށް މިއަދު ވަޑައިގެން އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ މަޝްރޫތައް މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލާއި ކުޅުދުއްފުށީ ކޮމާޝަލް ޕޯޓާއި ހޯރަފުށީ އެއާޕޯޓްގެ ވާހަކަ ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އިހަވަންދޫއަށް އަންނަ ބޮޑު ބަދަލާއި ދިއްދޫއަށް އަންނަ ބޮޑު ބަދަލާއި ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫތައް އެއްކޮށްލުމުން ބޮޑުތިލަދުންމައްޗަށް އަންނަމުންދާ ތަރައްގީ ރައްޔިތުންނަށް ފަހުމް ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. "މިއަދު ތިބޭފުޅުންނަށް ފެނިގެން ދާނެ 25 ހެކްޓަރުގެ ބިން މިރަށަށް އިތުރު ކުރުމުގެ މަޝްރޫ ނިމުމަކަށް ގޮސްފައި އޮތްތަން،" ރައީސް ވިދާޅުވި އެވެ. ރައީސް ސޯލިހު އަންނަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ވަރުގަދަޔަށް ކެމްޕޭން ޖައްސަމުންނެވެ. އެގޮތުން ށ. އަތޮޅާއި ވ. އަތޮޅާއި. މ. އަތޮޅާއި ކ. އަތޮޅަށްވެސް ރައީސް ސޯލިހު ވަނީ ކެމްޕޭން ދަތުރުފުޅު ކުރައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ