މާލެ: 31°C

ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ޢަމަލެއް ބާޠިލުވެގެންދޭ!

March 19, 2025
132 ފަހަރު ބަލާފައި
ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ޢަމަލެއް ބާޠިލުވެގެންދޭ!
ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ޢަމަލެއް ބާޠިލުވެގެންދޭ:

ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ޢަމަލެއް ބާޠިލުވެގެންދޭ:

އޭގެ މާނައަކީ އެ ޢަމަލުކުރާ މީހާގެ އެއްވެސް ޢަމަލެއް ޤަބޫލުކުރެވިގެންނުވުމެވެ. އޭނާ ކުރާ ނަމާދެއް ދޭ ޒަކާތެއް އަދި މިނޫންވެސް އޭނާ ކުރާ އެއްވެސް ޢަމަލެއް އޭނާގެ ކިބައިން ޤަބޫލުކުރެވިގެން ނުވެއެވެ. ސަބަބަކީ އޭނާ އެވަނީ ބޮޑު ޝިރުކުގެ މަތީގައެވެ.

ކުޑަ ޝިރުކުގެ ސަބަބުން އޭނާގެ އެހެނިހެން ޢަމަލުތައް ބާޠިލުވެގެންނުދެއެވެ:

އެކަމަކު ދެއްކުންތެރިކަމުގެ ސަބަބުން ދެއްކުންތެރިކަން ވަންނަ ޢަމަލު ނުވަތަ ދެއްކުންތެރިކަން އެ ޢަމަލަކާ އެއްވާ ޢަމަލު ބާޠިލުވެއެވެ. މީސްތަކުންނަށް ދެއްކުމަށްޓަކާ ނަމާދު ކުރާ މީހާއާއި މީސްތަކުންނަށް ދެއްކުމަށްޓަކައި ޞަދަޤާތްކުރާ މީހާއަށް ބަލާލާއިރު އެ ކުރި ނަމާދާއި އެ ދިން ޞަދަޤާތް ޤަބޫލުވެވިގެންނުވެއެވެ. ޤުދުސިއްޔަ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ.

قَالَ اللهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِى غَيْرِى تَرَكْتُهُ وَشِرْكَهُ (رواه مسلم) “ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “ތިމަންއިލާހީ ބައިވެރިވާނެ އެއްވެސްފަރާތަކާނުލައި ފުދިވޮޑިގެންވާއިލާހެވެ. ޢަމަލެއްކުރާމީހާ، އޭނާ އެކުރާޢަމަލުގައި، ތިމަންއިލާހާއި އެހެންފަރާތެއް ބައިވެރިކޮށްފިކަމުގައި ވަނީނަމަ، އެމީހާއާއި އެޢަމަލާއި ތިމަންއިލާހު ދޫކޮށްލައްވާހުށީމެވެ. (އެބަހީ: އޭނާގެ ޢަމަލު ޤަބޫލުނުކުރައްވާ ހުށީމެވެ.)”

ބޮޑު ޝިރުކަކީ އެކަމުގެ ސަބަބުން އެކަންކުރާ މީހާގެ ލެއާއި މުދާ ހުއްދަކުރެވޭ ކަމެއް:

އެއީ އެމީހާ ޤަތުލުކުރުން ހުއްދަވެގެންވުމެވެ. ޤަތުލުކުރެވެނީ ކާފިރެއްގެ ގޮތުގައެވެ. އޭނާ ހިނެއުމެއް އަދި އޭނާގެ މައްޗަށް ކަށުނަމާދުކުރުމެއްވެސް ނުވެއެވެ. އަދި މުސްލިމުންގެ ޤަބުރުސްތާނުގައި ވަޅުލައިގެންވެސް ނުވާނެއެވެ. އޭނާއަށްޓަކައި ހެޔޮދުޢާކުރުމެއް ނުވެއެވެ. އޭނާގެ ވާރުތަވެރިންނަކީ މުސްލިމުންކަމުގައިވާނަމަ އޭނާގެ މުދަލުން ވާރުތައެއްވެސް ނުކުރާނެއެވެ.

އެކަމަކު ކުޑަ ޝިރުކު ކުރާ މީހާގެ ލެއާއި މުދާ ޙަލާލުވެގެންނުވެއެވެ. އޭގެ މާނައަކީ އެކަންކުރާ މީހާ ޤަތުލުކުރުމެއްވެސް ނުވަތަ އޭނާގެ މުދާ އަތުލުމެއްވެސް ހުއްދަވެގެންނުވެއެވެ. އެއީ ހަމަ މުސްލިމުންގެ ތެރެއިން ވާ މީހެކެވެ. އެކަމަކު އޭނާ އެކުރާ ކުޑަޝިރުކުވެސް ފާޅުކުރާ ނަމަ އޭނާ ތަޢުޒީރުކުރުން ވަލިއްޔުލް އަމުރަށް ހުއްދަވެގެންވެއެވެ.

މިސާލަކަށް ފާޑުފާޑުގެ ތަވީދުތައް އެޅުމާއި ޝިރުކުގެ ލަފުޒުތައް ބުނުންފަދަ ކަންތައްތައް ކުރުމުގައި، ނަޞީޙަތާއި އިރުޝާދު ދީ އަދި އެކަމުގެ ޙަރާމްކަން އޭނާއަށް ބަޔާންކޮށްދިނުމަށްފަހުގައިވެސް އޭނާ ދެމިހުންނަނަމަ، ވަލިއްޔުލް އަމުރަށް އޭނާ ތަޢުޒީރުކުރެވިދާނެއެވެ.

(ނުނިމޭ)

= أنواع الشرك والتحذير منها -عبد الله بن سعد بن إبراهيم الفالح=

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ