ތިން ޤައުމެއްގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަނުން ނިންމައިފި

ތިން ޤައުމެއްގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަނުން ނިންމައިފި
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގެ ހަ ގައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް، ރީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ކޮމިޝަނުން ކަނޑައެޅިވަރަށް ވޯޓުލުމަށް މީހުން ރަޖިސްޓްރީވެފައި ނެތުމުން ތިން ގައުމެއްގައި ވޯޓުފޮށިތައް ނުބެހެއްޓުމަށް އިލެކްޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ، އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭރުގެ ހަ ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައެވެ.
ވޯޓުފޮށި ބެހެއްޓުމަށް ނިންމި 6 ޤައުމަކީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ތައިލެންޑް، އިނގިރޭސިވިލާތް، އަދި އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއެވެ. އިލެކްޝަނުން މިއަދު ބުނީ ރީ ރަޖިސްޓްރީވެފައިވާ އަދަދަށް ބަލާއިރު، ކޮމިޝަނުން ކަނޑައަޅާވަރަށް ވޯޓުލާނޭ މީހުން ނެތުމުން ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބެހެއްޓުމަށް މިހާރު ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން އިލެކްޝަނުން ވަނީ ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ ހަމަނުވުމުގެ ސަބަބުން ކުރިން ހަމަޖެއްސި ތަންތަނުގެ ތެރެއިން 23 ރިސޯޓެއްގެ އިތުރުން ހުޅުލޭގައިވެސް ވޯޓުފޮށި ނުބެހެއްޓުމަށް ނިންމާފައެވެ.
އިލެކްޝަނުން ވަނީ ވޯޓުފޮށި ނުބެހެއްޓުމަށް ނިންމި ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކޮށް ނިންމުމަށް އެދިފައެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށްވެސް އިލެކްޝަނުން ބުނެއެވެ.
މަޖިލީސް އިންތިހާބު ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން އިއްޔެގެ ނިޔަލަށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 1،338 މީހުން ރީ ރަޖިސްޓްރީކުރިކަމަށް އިލެކްޝަނުން ބުނެއެވެ. މީގެ ތެރެއިން އެންމެގިނަ މީހުން ރީރަޖިސްޓްރީކޮށްފައިވަނީ މެލޭޝިއާ އަދި ސްރީލަންކާއިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
