މާލެ: 31°C
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ރިވާކުރެއްވުމަށް އަންހެން ޞަޙާބީން ދެއްވި އަހަންމިއްޔަތު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ރިވާކުރެއްވުމަށް އަންހެން ޞަޙާބީން ދެއްވި އަހަންމިއްޔަތު

15 މާރިޗު 2025
250 ފަހަރު ބަލާފައި
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ރިވާކުރެއްވުމަށް އަންހެން ޞަޙާބީން ދެއްވި އަހަންމިއްޔަތު

الْحَمْدُ للهِ وَكَفَى، وَالصَّلاَةُ وَالسَّلاَمُ عَلَى خَيْرِ خَلْقِهِ الْمُصْطَفَى وَعَلَى آلِهِ وَصَحْبِهِ أَهْلِ الصِّدْقِ وَالْوَفَاءِ.

އަންހެން ޞަޙާބީންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަލޭގެފާނުގެ ޙަދީޘްތައް ރިވާކުރައްވާފައިވެއެވެ.

އިމާމު އަޙްމަދު ލިޔުއްވި މުސްނަދުގައި އެކަނިވެސް ސަތޭކަ ފަނަރަ އަންހެން ޞަޙާބީންގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްތައް ލިޔުއްވާފައިވެއެވެ. އެކަނބަލުންގެ ތެރެއިން ޙަދީޘް ރިވާކުރެއްވުމުގެ އެންމެ ކުރީގައި ހުންނެވީ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން 2200 ޙަދީޘް ރިވާކުރައްވާފައިވެއެވެ.

ބުޚާރީއާއި މުސްލިމްގައި އެކަނިވެސް އެކަމަނާ ރިވާކުރައްވާފައިވާ ޙަދީޘްތަކުގެ ޢަދަދު 293 އަށް އަރައެވެ.  (ބައްލަވާ مالا يسع المحدث جهله للميانشي )

އޭގެ ފަހަތުގައި އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ އާއި އުންމު ޙަބީބާ ރަޟިޔަﷲ ޢަންހާ އާއި އުންމުއް ދަރްދާއު ރަޟިޔަﷲ ޢަންހާ އާއި އަދި މިނޫންވެސް އެހެނިހެން ޞަޙާބިއްޔާތުން ފާހަގަކޮށްލެވެއެވެ.

ކުތުބުއްސިއްތާގައި އަންހެން ޞަޙާބީންގެ ކިބައިން ރިވާވެގެންވާ ޙަދީޘްތަކުގެ ޖުމްލަ ޢަދަދަކީ (2764) ދެހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރެކެވެ.  (ބައްލަވާ دور المرأة في خدمة الحديث النبوي في القرون الثلاثة الأولى ص 146 ، 147 – الدكتورة آمال قرداش)

وصلى الله وسلم على نبينا محمد ، وعلى آله وصحبه وسلم .

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ