މާލެ: 31°C

އަނގައިގެ ވަސް ރަނގަޅުުކުރަން ބޭނުންކުރަންވީ މިބާވަތްތައް!

March 3, 2023
2 ފަހަރު ބަލާފައި
އަނގައިގެ ވަސް ރަނގަޅުުކުރަން ބޭނުންކުރަންވީ މިބާވަތްތައް!
އަނގައިގެ ވަސް ރަނގަޅުުކުރަން ބޭނުންކުރަންވީ މިބާވަތްތައް!
ކައިރީގަ އުޅޭ މީހުނާ ވާހަކަދައްކަން އުނދަގޫވޭހެއްޔެވެ. ބައެއް ފަހަރު ނޭނގިނަމަވެސް ނޭފަތުގައި އަތް އަޅާލެވޭހެއްޔެވެ. ނޫނީ އަނެއްމީހާ ވާހަކަ ދައްކަން ފެށުމުން ދުރައް ދެވޭ ގޮތްވޭހެއްޔެވެ. މިއީ ވަރަށް ގިނައިން ދިމާވާކަމެކެވެ. ބައިވެރިޔާ ދެކެ ފޫހިވާގޮތް ވެސް ވެއެވެ. މިއީ އެހާ ނުރައްކާކަމެކެވެ.  އަދި އެންމެ ގޯސް ކަމަކީ ތިމާއަށް އެކަން ނޭނގި ހުރެ އެކަމުގެ ޝިކާރައަކަށް ވާ ފަހަރު ވެސް އަންނާތީއެވެ. އާނއެކެވެ. އަނގައިން ނުބައިވަސް ދުވުމަކީ ކޮންމެމީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. އަމިއްލަ އަނގައިން ނުބައި ވަސް ދުވާކަން އެނގުމަކީ  ތިމާގެ އަމިއްލަ ނަފްސަށް ކުރާ  އިތުބާރު ކުޑަކޮށްދޭ ކަމަކަށް ވާއިރު، ގުޅުންތަކަށް ވެސް އަސަރު ކޮށްފާނެ ކަމެކެވެ. އެހާމެ ލަދުވެތިވެސް ކަމެކެވެ. އަނގައިން ނުބައި ވަސް ދުވާ ސަބަބުތަކުގެ ތެރޭގައި ދުލާއި، ދަތް ހަލާކުވުމާއި، އަނގައިގެ ބަލިތަކާއި، އަނގައިގެ ސާފުތާހިރުކަން ދަށްވުން ހިމެނެއެވެ. ފިޔާ، ލޮނުމެދު އަލުވި ކަހަލަ އެއްޗެހި ކައިގެން ރަނގަޅަށް އަނގަނުދޮންނަ ކަމަށްވާ ނަމަވެސް ވަސް ހުންނާނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ވެސް އަނގައިން ނުބައި ވަހެއް ދުވާނެއެވެ. މިފަދަ ކަންކަމަށް ސަމާލުވެ، އަނގައިގެ ސާފްތާހިރުކަމަށް ސަމާލުކަން ދިނުމުން، ލަދުވެތި ހާލަތްތަކުން ސަލާމަތްވެއެވެ. ބައްޔެއްގެ ސަބަބުން ވެސް މިކަން ކުރިމަތިވެދާނެއެވެ. އެފަދަ ހާލަތުގައި ތިމާއަށް ނޭނގިވެސް ހުރެދާނެއެވެ. އަމިއްލަ އަށް އަނގައިން ވަސް ދުވާކަން ނޭނގުނަސް އެހެންމީހުނަށް އޭގެ އުނދަގޫ ފޯރަފާނެއެވެ. އެހެން ކަމުން އެންމެ ބުއްދިވެރި ގޮތަކީ، ކުރީބައިގަ ތައްޔާރުވެގެން ހުރުމެވެ. ބައެއް ބާވަތްތަކުގެ ކާނާ އަކީ މީގެ ހައްލެވެ. ރޯ މޭވާއާްއި ތަރުކާރީ ގިނައިން ފައިބަރު އެކުލެވޭ ރޯ މޭވާއާއި ތަރުކާރީ ކެއުމުން، ބުރުހަކު ސާފުކޮށްލާހެން އަނގަ ތެރެ ސާފުކޮށްލަ އެވެ. އެހެނީ ފައިބަރަކީ ކޭލް ކެރެޓާއި އާފަަލަކީ އެގޮތުން ފާހަގަކޮށްލެވޭ ބާވަތްތަކެވެ. އެ ބާވަތްތައް ކެއުމުން އަނގައިގައި ކުޅު ގިނަވެ، އެގޮތުން ވެސް އަނގަތެރެ ސާފުކޮށްލަ އެވެ. އަދި މިއީ ހަޖަމު ރަނގަޅުކޮށްދޭ ބާވަތްތަކަށް ވާތީ ވައި ލެވުމުގެ ޒަރިއްޔާއިން އަނގަޔަށް އަންނަ ނުބައި ވަސްތައް އައުން ވެސް މި ބާވަތްތައް ކެއުމުން ދުރުކޮށްދެ އެވެ. މި ބާވަތްތަކުގައި ވިޓަމިން ސީ ގިނައިން އެކުލެވޭތީ ހިރުގަނޑުގެ ސިއްހަތު ވެސް ރަނގަޅުކޮށްދެ އެވެ. އެއީ ވެސް އަނގައިން ނުބައިވަސް ދުވުން ކުޑަކޮށްދޭ ކަމެކެވެ. ޔޯގަޓް އެމެރިކާގެ އިންޓަނޭޝަނަލް އެންޑް އެމެރިކަން ޑެންޓަލް ރިސާސް އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ދުވާލަކު މަދުވެގެން ދެ އައުންސްގެ ޔޯގަޓް، ހަ ހަފްތާ ވަންދެން ކެއުމުން އަނގައިގެ ތެރޭގައި ހައިޑްރޮޖަން ސަލްފައިޑް ހުންނަ މިންވަރު 80 ޕަސެންޓުން މަދުވި އެވެ. ހައިޑްރޮޖަން ސަލްފައިޑަކީ އާދައިގެ ނުބައިވަހެއް ހުންނަ އެއްޗެއް ނޫނެވެ. އޭގައި ދުވާނީ ސީދާ ކުނި ބިސްވަހެވެ. އަދި އެއީ ވިޓަމިން ޑީ ގިނައިން އުކުލެވޭ ބާވަތަކަށް ވާތީ އަނގައިގެ ތެރޭ ނުބައިވަސް އުފައްދަ ބެކްޓީރިއާ މަދުކުރުމަށް ވެސް ޔޯގަޓް އެހީތެރި ވެދެ އެވެ. ހަވާދާއި ފަތްޕިލާވެލި އަނގަ ތާޒާކޮށްލަން ޗުވިންގަމާއި އެނޫން ބާވަތްތައް އުފެއްދުމުގެ ކުރިން މީހުން ބޭނުންކުރަމުން އައީ ދިރިއާއި އެނޫން ވެސް ހަވާދުގެ ބައެއް ބާވަތްތަކާއި ފަތްޕިލާވެއްޔެވެ. ސްޕިއާމިންޓާއި ރޯޒްމޭރީ އާއި މިންޓް ފަތަކީ އެގޮތުން ބޭނުންކުރެވިދާނެ ބާވަތްތަކެވެ. ފަތްތައް ރޮލާ ކާން އުނދަގޫ ނަމަ އެބާވަތްތައް އަޅައިގެން ސައި ތައްޔާރުކޮށްލާށެވެ. ސައި ކަޅުސަޔާއި ގްރީން ޓީއަކީ ވެސް އޭގައި އެކުލެވޭ ވަސްރަނގަޅުކުރާ މާއްދާތަކުގެ ސަބަބުން އަނގައިގެ ވަސް ރަނގަޅުކޮށްދޭ ބާވަތްތަކެވެ. ނުބައިވަސް އުފައްދާ ބެކްޓީރިއާ މަދުކުރަން އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްސް އެ ދެ ބާވަތުގައި ވެސް ގިނައިން އެކުލެވެ އެވެ. ނުބައިވަސް އުފައްދާ ސަލްފަ ކަމްޕައުންޑްތައް މަދުކޮށްދޭ ޕޮލިފެނޯލް އަކީ ވެސް ދެބާވަތުގެ ސައިގައި އެކުލެވޭ އެއްޗެކެވެ. އެހެން ނަމަވެސް ކަޅު ސައި  ބުއިމަކީ ބަލައިގެން ވަކި ވަރަކަށް ކުރަން ޖެހޭނެ ކަމެކެވެ. އެހެން ނޫނީ އަނގަތެރެ ހިކި، ނުބައިވަސް ދުވުމަށް މަގުފަހިވާ އެއްޗަކަށް ސައި ބަދަލުވެދާނެ އެވެ. އިނގުރު އަނގައިގައި ނުބައިވަސް އުފައްދާ ސަލްފަ ކަމްޕައުންޑްތައް ހަލާކުކޮށް، ވަސް ކަނޑުވައިދޭ "6 ޖިންޖެރޯލް" ނަމަކަށް ކިޔާ ބާވަތެއް އިނގުރުގައި އެކުލެވެ އެވެ. އެއީ ސަލްފާ މަދުކޮށްދޭން ގުދުރަތީ ގޮތުން ކުޅުގައި ހުންނަ އެންޒައިމްތައް ހަރަކާތްތެރިކުރުވާ ބާވަތެެކެވެ. އެންމެ ރަނގަޅު ރޯ އިނގުރު ކެއުމެވެ. އެކަމަކު ޕްރޮސެސްކޮށްފައި ހުންނަ އިނގުރުން ވެސް ފައިދާ ވާނެ އެވެ. އިންޗިއެއްހާ އިނގުރު ކައިލާށެވެ. ވަސްރަނގަޅުކޮށްދީފައި އިތުރު ވެސް ވާނެ އެވެ.      

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ