މާލެ: 31°C

އެމެރިކާގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ރޮބަރޓް އެފް ކެނެޑީ ޖޫނިއަރ ގެ ސިކުނޑީގެ ބައެއް ވަނީ ފަނިކައިފަ!

May 20, 2024
2 ފަހަރު ބަލާފައި
އެމެރިކާގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ރޮބަރޓް އެފް ކެނެޑީ ޖޫނިއަރ ގެ ސިކުނޑީގެ ބައެއް ވަނީ ފަނިކައިފަ!
އެމެރިކާގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ރޮބަރޓް އެފް ކެނެޑީ ޖޫނިއަރ ގެ ސިކުނޑީގެ ބައެއް ވަނީ ފަނިކައިފަ!
އަންނަ ނޮވެންބަރ މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ރޮބަރޓް އެފް ކެނެޑީ ޖޫނިއާރ ގެ ސިކުނޑީގެ ބައެއް ފަނިކައިފަވާ ކަމަށް އެމަނިކުފަނު އަމިއްލަފުޅަށް ވިދާޅުވެފައިވާކަމަށް މީޑިއާތަކުންދަނީ ރިޕޯޓްކުރަމުންނެވެ. އުމުރުން 70 އަހަރުގެ ރޮބަރޓް އެފް ކެނެޑީ ޖޫނިއަރ އެހެން ވިދާޅުވެފައިވަނީ 2012 ވަނައަހަރު އެމަނިކުފާނުގެ އަނބިކަނބަލުން  މޭރީ ރިޗަޑްސަން އާއި ރޮބަރޓް އެފް ކެނެޑީ ޖޫނިއާ ވަރިވުމުގެ މަރުޙަލާގައި މީޑިއާއަށް ދެއްވާފައިވާ އިންޓަވިއުއެއްގައެވެ. އެ އިންޓަވިއު ގައި ރޮބަރޓް އެފް ކެނެޑީ ޖޫނިއަރ ވިދާޅުވީ ހަނދާންނެތުމުގެ މައްސަލަ ދިމާވުމުން ނިއުރޮލޮޖިސްޓްއަކަށް ދެއްކުމުން އެމަނިކުފާނުގެ ސިކުނޑީގައި ކަޅު ލައްތަކެއް ހުރިކަން ފާހަގަކޮށްފައިވާކަމާއި އެ ލައްތަކަކީ އޭނާގެ ސިކުނޑީގެ ބައެއް ފަނިކެއުމަށްފަހު އެފަނިތައް މަރުވުމުން އުފެދިފައިވާ ތަނެއްކަމަށެވެ. އެހެން ޑޮކްޓަރެއް އެ ލައްތަކަކީ ޓިއުމަރެއްކަމަށް ބުނިނަމަވެސް ފަހުން ޑޮކްޓަރުން ބުނެފައިވަނީ އެއީ މަރުވެފައިވާ ޕެރަސައިޓްސް ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ވަގުތީގޮތުން ހަނދާންނެތުމުގެ މައްސަލާގެ އިތުރުން ދާއިމީކޮށް ހަނދާންނެތުމުގެ މައްސަލަވެސް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ރޮބަރޓް އެފް ކެނެޑީ ޖޫނިއަރ ގެ ސިކުނޑީގައި އެފަދަ މައްސަލައެއް ހުރުމަކީ އެމެރިކާގެ ރައީސްކަމަށް އެމަނިކްފާނު ހޮވުމަށް އެކަށީގެންނުވާ ސަބަބެއްކަމުގައި މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. ރޮބަރޓް އެފް ކެނެޑީ ޖޫނިއާރ އަކީ އެމެރިކާގެ ކުރީގެ އެޓަރނީ ޖެނެރަލް ރޮބަރޓް އެފް ކެނެޑީ ގެ ދަރިކަލެކެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެމެރިކާގައި ނޮވެންބަރ މަހު ބާއްވާ އިންތިހާބުގައި 5 ބޭފުޅަކު ވާދަކުރައްވާއިރު އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑު ދެ ކެނޑިޑޭޓުންނަކީ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ މިހާރުގެ ރައީސް ޖޯ ބައިޑަން އާއި ރިޕްބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕް އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ