މާލެ: 31°C
ޢަމަލުން ދިން ދަޢުވަތު

ޢަމަލުން ދިން ދަޢުވަތު

17 މާރިޗު 2025
170 ފަހަރު ބަލާފައި
ޢަމަލުން ދިން ދަޢުވަތު

ޢަބްދުލްޣަނީ އަލްމަޤްދިސީ (ރަޙިމަހުﷲ) ވިދާޅުވިއެވެ.

އަޞްބަހާނުގެ މީހެއްގެ މެހެމާންދާރީގައި އަހަރެން ވީމެވެ. ނަމާދު ވަޤުތު ވަނުމުން ނަމާދުކުރުމަށް އަހަރެމެން އަވަސްވެގަތް ހިނދު، ނަމާދު ނުކުރާ މީހަކު ވިއެވެ. ބައެއް މީހުން ބުންޏެވެ. އެއީ އިރަށް އަޅުކަންކުރާ މީހެކެވެ. އަހުރެންގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ.

ރޭ އަޅުކަންކުރުމުގައި އަހަރެން ދެމިހުރީމެވެ. ދަމުނަމާދުގެ ރަކްޢަތްތަކުގައި އަޑުހަރުކޮށް ކިޔެވީމެވެ. އޭނާ އަޑުއަހާ ޙާލުގައެވެ. ދުވަސްތަކެއް ފަހުން އަހަރެން އެ މެހެމާންދާރީގައި ހުރި މެހެމާންސަރާއިން މީހަކު އައިސް އެއްކަލަ އިރަށް އަޅުކަންކުރާ މީހާ އިސްލާމްވާން ބޭނުންވާ ވާހަކަ ބުނެފިއެވެ.

އަހަރެން އޭނާއާ ބައްދަލުކުރުމަށް އަވަސްވެގަތީމެވެ. އޭނާ އިސްލާމްވިއެވެ. އަދި ބުންޏެވެ. “ތިބާ ކީރިތި ޤުރުއާނުގައި އާޔަތްތައް ކިޔަވާ އަޑުއިވުމުން އަހަރެންނަށް އަސަރުކޮށް، އިސްލާމްދީން އަހަރެންގެ ހިތުގެ ތެރެއަށް ވަނީއެވެ.”

= އައްތަޤްވީމް 1433 – ޗާޕް އުބައިކާން=

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ