މާލެ: 31°C

އަމާޒަކީ ރައީސް ޑރ.މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން: މަޖިލިސް ރައީސް އަބްދުއްރަހީމް

October 6, 2024
2 ފަހަރު ބަލާފައި
އަމާޒަކީ ރައީސް ޑރ.މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން: މަޖިލިސް ރައީސް އަބްދުއްރަހީމް
އަމާޒަކީ ރައީސް ޑރ.މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން: މަޖިލިސް ރައީސް އަބްދުއްރަހީމް
އަމާޒަކީ ރައީސް ޑރ.މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން ކަމަށް މަޖިލީހުގެ ރައީސް އަބްސުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހުޅުމާލޭގައި ހިންގި މެމްބަރޝިޕް ޕްރޮގްރާމުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަމާޒަކީ ރައީސް ޑރ.މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން ކަމަށާއި ޕީއެންސީ އޮތީ މި ފަސް އަހަރު އެކަނި ވެރިކަން ކުރާ ގޮތަކަށް ނޫން ކަމަށާއި، ޕީއެންސީގެ އަމާޒަކީ ރާއްޖެ މިއޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާކޮށްދިނުން ކަމަށެވެ. އެގޮތުން ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭގޮތަށް ބިނާކުރުމަށްޓަކާ 10 ވަރަކަށް ނުވަތަ 15 ވަރަކަށް އަހަރު އެއް ވެރިކަމެއް އޮންނަންޖެހޭ ކަމަށާއި، އެފަދަ ވެރިކަމަކަށް ބަލާނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ދިވެހިންގެ ރާއްޖެއެއްގެ ސިޔާސަތު ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ޕީއެންސީން ކުރަމުން އަންނަނީ ގައުމީ މަސައްކަތެއް ކަމަށާއި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ އަމާޒެއް އޮވެގެން ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ. ނަމަވެސް ބައެއް އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަންކަން ހާސިލު ނުވުމުން ގޭގައި ތިބެ ރައްޔިތުންނަށް ކަންކަން އޮޅުވާލައި، ފިތުނަ ފަސާދަ އުފައްދަން މަގުފަހިކުރަމުންދާ ކަމަށްވެސް އަބްދުލްރަހީމް ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ