މާލެ: 31°C

އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުލީގެ އެއާޕޯޓު ނިންމާ ފްލައިޓުތަށް ޖެއްސޭވަރު ކުރުން: ރައީސް ސޯލިހް

July 15, 2023
2 ފަހަރު ބަލާފައި
އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުލީގެ އެއާޕޯޓު ނިންމާ ފްލައިޓުތަށް ޖެއްސޭވަރު ކުރުން: ރައީސް ސޯލިހް
އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުލީގެ އެއާޕޯޓު ނިންމާ ފްލައިޓުތަށް ޖެއްސޭވަރު ކުރުން: ރައީސް ސޯލިހް
އެމްޑީޕީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މ. މުލީގެ އެއާޕޯޓު ހުޅުވައި ފްލައިޓް ތައްޖެއްސޭ ވަރުކުރުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އަންނަ ސެޕްޓަމްބަރު މަހުގަި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ވާދަ ކުރުމަށް ކުރަށްވަމުންދާ ކެމްޕެއިންގެ ތެރެއިން މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅުގެ މުލި އަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސޯލިހް ވިދާޅުވީ، އެއަރޕޯޓުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެއަރޕޯޓަށް ފްލައިޓް ޖައްސާނެ ކަމަށެވެ. އަދި އެއަރޕޯޓް ނިމިގެން ހިންގަން ފަށާއިރު ނާލާފުށްޓާއި، މުލީ ކޯޒްވޭގެ މަސައްކަތް ފެށޭނެ ކަމަށާއި، މިއަހަރު ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ، މިސްރާބު ޖަހާފައިވަނީ ޒަމާނީ ޑިމޮކްރަސީއަކަށް ކަމަށާއި، މިއީ ރާއްޖެ ބަދަލުކުރުމަށް އެތަކެއް އަހަރުކުރިން ފެށި މަސައްކަތް ކަމަށެވެ. އަދި ޒަމާނީ ޑިމޮކްރަސީގެ ސިފަ މިހާރު ފެންނަން ފަށައިފި ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ، އިންތިހާބަށް ކުރިމަތިލެއްވީ ކޯލިޝަނަކާއެކު ކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ އެންމެންގެ ވިސްނުމަކީ އެއް ވިސްނުން ކަމަށާއި، އެ ވިސްނުމަކީ ރާއްޖެ ތަރައްގީކޮށް، ރައްޔިތުން ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި، މިއިން ޒަމާނެއްގައި ދުނިޔެއަށް ކުރިމަތިނުވާ އާލަމީ ވަބާއެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ކޮވިޑުގެ ހާލަތަށް އަލި އަޅުވާލައި ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑާއެކު މުޅީ ދުނިޔެ 2 އަހަރު ބަންދުވިއިރު، 2020 ވަނަ އަހަރު އާމްދަނީގެ 40 ބިލިއަން ރުފިޔާ ނުލިބޭ ކަމަށާއި، ޓުއަރިޒަމް ހުއްޓި އާންމު ވިޔަފާރި ހުއްޓުނު ކަމަށެވެ. އަދި މި ދަތިކަމުގައި، ތަރައްގީގެ މަޝްރޫއު ހުއްޓުނަނުދީ މަސައްކަތް ކުރުމަށް ސަރުކާރުން މަސައްކަތްކުރި ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. "މުލީގެ ރައްޔިތުންނަކީ ތަރައްގީ ބޭނުންވާ ބައެއް. އެމްޑީޕީއަށް ތާއީދުކުރާ މެންބަރުންނާއި ރައްޔިތުންނާ ބައްދަލުވުމުން އެދުނީ ރަށަށް ތަރައްގީ ގެނައުމަށް" ރައީސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ