އިއްޔެ ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ޒިންމާ ރައްޔިތުން ރައްކާތެރިކޮށް އަމާން ވެއްޓެއް ޤާއިމް ކުރުމަށް ހުވާ ކޮށްގެން ތިބި މީހުންވެސް ނަގަންޖެހޭ ކަމުގައި އެމްއާރްއެމްގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީއާއި އިންޑިއާ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ގުޅިގެން ބޭއްވި ހަރަކާތެއް ހުއްޓުވުމަށް ރައްޔިތުން ތަކެއް ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސަރުކާރުންވެސް އެދެވޭ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ގިނަ އަދަދެއްގެ މީހުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެކަމާއި ގުޅިގެން ނާދިރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ހިނގައި ދިޔަ ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމަނުޖެހުން ހިންގި ފަރާތްތަކުން އެކަނި ނޫން ކަމަށާ، ރައްޔިތުން ރައްކާތެރިކޮށް އަމާން ވެއްޓެއް ޤާއިމް ކުރުމަށް ހުވާ ކޮށްގެން ތިބި މީހުންވެސް ޒިންމާ ނަގަންޖެހޭ ކަމަށެވެ. އެހެނެއްކަމަކު، ރައްޔިތުން ރައްކާތެރިކޮށް އަމާން ވެއްޓެއް ޤާއިމް ކުރުމަށް ހުވާ ކޮށްގެން ތިބި މީހުންވެސް އޭގެ ޒިންމާ ނަގަންޖެހޭކަމަށެވެ. ބޭރުގެ ގިނަ އަދަދެއްގެ ޑިޕްލަމެޓުންވެސް ބައިވެރިވި މި ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ބަދުނާމް ވާނީ ހަމައެކަނި ހަމަނުޖެހުން ހިންގި ފަރާތްތައް އެކަނި ނޫން ކަމަށާއި ހުރިހާ ދިވެހިންވެސް ބަދުނާމްވާނެ ކަމަށެވެ. https://twitter.com/a_nadraa/status/1539324618695385089?t=1Ml32yWMPsCSs-0CA2bPDQ&s=19 ގަލޮޅުދަނޑުގައި ހިންގި ހަމަނުޖެހުމަކީ ވަރަށް ރަނގަޅަށް ބަލަންޖެހޭ މައްސަލައެއް ކަމަށް އިދިކޮޅުން ވެސް ވަނީ ބުނެފައެވެ. އެހެނީ އެފަދަ ސަލާމަތީ ކަންކަން ފަސޭހައިން ބެލެހެއްޓޭ ތަނެއްގައި އާންމުންގެ ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމަކީ ސަރުކާރުން ޖާގަ ނުދޭނަމަ ކުރެވޭނެ ކަމެއް ނޫންކަމަށާއި، ސަރުކާރުން ބޭނުން ނަމަ އެފަދަ ހަރަކާތްތައް ދުރާލާ ރާވައިގެން ހުއްޓުވާފައި ވާކަން ދިވެހި ރައްޔިތުންނަށްވެސް އެނގޭނެ ކަމަށް އިދިކޮޅުން ފާހަގަކޮށްފައިވެއެވެ. މިހަމަނުޖެހުމާއި ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށާ، އަދި މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ދިވެހި ފުލުހުންގެ ގުނަންތައް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތައް ބަލައި ފުލުހުންގެ ހިދުމަތުން ރެސްޕޮންޑުކުރި ގޮތުގެ އިންޓާނަލް ރިވިއުއެއް ކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.އަމާން ވެއްޓެއް ޤާއިމްކުރުމަށް ހުވާކޮށްގެން ތިބި މީހުންވެސް ޒިންމާ ނަގަންޖެހޭ: ނާދިރާ

އަމާން ވެއްޓެއް ޤާއިމްކުރުމަށް ހުވާކޮށްގެން ތިބި މީހުންވެސް ޒިންމާ ނަގަންޖެހޭ: ނާދިރާ
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
