މާލެ: 31°C

އަޅުގަނޑު ފްރޭމް ކުރި މީހުން އެނގޭ: އަލީ ވަހީދު

July 11, 2023
2 ފަހަރު ބަލާފައި
އަޅުގަނޑު ފްރޭމް ކުރި މީހުން އެނގޭ: އަލީ ވަހީދު
އަޅުގަނޑު ފްރޭމް ކުރި މީހުން އެނގޭ: އަލީ ވަހީދު
ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ތުހުމަތުކޮށް ހައްޔަރު ކުރީ ނުކުރާ ކުށެއްގައި ފްރޭމް ކުރުމަށް ކަމަށާއި އެކަން ކުރި މީހުން އެނގޭކަމަށް މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. ތިން އަހަރާއި ތިން ދުވަސް ވަންދެން އިނގިރޭސި ވިލާތުގައި ހުރުމަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ އޭނާ ފްރޭމް ކުރީ ޕީޕީއެމް އިން ނޫން ކަމަށާއި ޖުމްހޫރީ ޕާޓީން އެކަހަލަ ކަމެއް ނުކުރާނެ ކަމަށާއި އަދި ރައީސް ސޯލިހު އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. "އަޅުގަނޑު ފްރޭމް ކުރި މީހުން އަޅުގަނޑަށް އިނގޭ. އެ މީހުންނަށްވެސް އެއީ ކޮން ބައެއްކަން އިނގޭނެ. އަޅުގަނޑު ނެތިން އެއީ ކޮން ބައެއްކަން ބުނާކަށް،" އަލީ ވަހީދު ވިދާޅުވި އެވެ. މީގެ ކުރިން އިނގިރޭސި ވިލާތުގައި ހުންނަވާ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަަކީ އޭނާ ފްރޭމް ކުރި މީހުން ހޯދުމަށް ޖެހި "ސްމޯކްސްކްރީނެއް" ގެ ގޮތުގައި އަލީ ވަހީދު ވަނީ މިއަދު ސިފަ ކުރައްވާފަ އެވެ. އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހު 35 މިލިއަން ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ރައީސް ސޯލިހަކީ އެއަށް ވުރެ ލިބޭ ތަނަވަސް ބޭފުޅެއް ކަމަށެވެ. ތިން އަހަރަށް ފަހު ރާއްޖެ ވަޑައިގެން ސިޔާސީ މައިދާނުގައި ހަރަކާތްތެރި ވާނީ ކޮން ޕާޓީއެއްގައިތޯ ނޫސްވެރިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އޭނާ ޖުމްހޫރީ ޕާޓީން ވަކި ނުކުރާނަމަ ނަން އޮންނާނީ ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި ކަމަށެވެ. މި ވެރިކަމުގައި އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ