މާލެ: 31°C
މުދާ ވިއްކާ ކަމަށްބުނެ ފޭސްބުކު މެދުވެރިކޮށް ސްކޭމް ހިންގި 3 މީހަކު ހައްޔަރުކޮށްފި

މުދާ ވިއްކާ ކަމަށްބުނެ ފޭސްބުކު މެދުވެރިކޮށް ސްކޭމް ހިންގި 3 މީހަކު ހައްޔަރުކޮށްފި

28 އޮކްޓޫބަރު 2026
45 ފަހަރު ބަލާފައި

މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން 3 މީހުން ހައްޔަރުކޮށްފިއެވެ.

މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހީނާގެ / ނ. ހޮޅުދޫ، ޢަލީ ޢައްފާން (32އ) އާއި ޕްލާޒާ / ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު (34އ) އަދި ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ (34އ) އެވެ.

ފުލުހުން ބުނީ މި ތިންމީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެންބަރު 2ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. އަދި މި އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫއިން ކަމަށާއި ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި ޢަލީ ޢައްފާންއާއި، މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ 2026 އޮގަސްޓު 7ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 24 ވަނަ ދުވަހު ނ. ހޮޅުދޫއިން ކަމަށާއި،  ކޯޓު އަމުރެއްގެދަށުން އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި ކަމަށެވެ.

މި ދެމައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ