މާލެ: 31°C
ޓެކްސް ފްރީ ޒޯނެއްގެ ގޮތުގައި އައްޑޫސިޓީ ކަނޑައަޅަނީ

ޓެކްސް ފްރީ ޒޯނެއްގެ ގޮތުގައި އައްޑޫސިޓީ ކަނޑައަޅަނީ

25 އޮކްޓޫބަރު 2026
62 ފަހަރު ބަލާފައި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޓެކްސް ދައްކަންނުޖެހޭ ސަރަހެއްދެއްގެ ގޮތުގައި އައްޑޫ ކަނޑައަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މޫހައްމަދު މުއިއްޒު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ގާއިމުކުރާ ޓެކްސް-ފްރީ ޒޯންތަކުގެ ތެރެއިން، 3 އަހަރުގެ ދުވަހުގެ ޕައިލެޓް މަޝްރޫއު އެންމެ ފުރަތަމަ ފަށާނީ އައްޑޫ ސިޓީގައި ކަމަށެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ އެގޮތުން އައްޑޫސީޓީ ޒޯނުން ވިޔަފާރިތަކަށް ދޫކުރާ ބިންތަކުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އިންކަމް ޓެކްސް މައާފުކުރުމުގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ކޯޓާއިން 20 އިންސައްތަ އާއި 30 އިންސައްތައާ ދެމެދުގެ ލުއިތަކެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ގޮތަށް ގެންނަ ބަދަލުގެ ސަބަބުން އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތު އިތުރުވެގެންދސާނެ ކަމަށާއި އެކަމުގެ މައިގަނޑު ބޭނުމަކީވެސް އެއީ ކަމަށެވެ. އަދި މީގެ އިތުރުން އައްޑޫ ސިޓީގައި އިތުރު ވިޔަފާރިތައް އިތުރުވެގެންދާނެ ކަމަށާއި، އައްޑޫގައި މިކަން ތަޖުރިބާ ކުރުމަށްފަހު ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް އެކަން ފުޅާކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

އަދި މި ކަމުގެ އިތުރު ތަފްސީލްތައް މި ހަފްތާގައި ސަރުކާރުން ހާމަކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ