މާލެ: 31°C
ޑޮލަރު މައްސަލާގަ ސަރުކާރުން ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ނަޝީދު

ޑޮލަރު މައްސަލާގަ ސަރުކާރުން ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ނަޝީދު

19 އޮކްޓޫބަރު 2026
122 ފަހަރު ބަލާފައި

ސަރުކާރުން ޑޮލަރު މައްސަލަ ހައްލުކުރުމަށް ގެނައި ހުރިހާ ސިޔާސަތެއް ވަނީ ފެއިލް ވެފައިކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ މިމަހުވެސް ރާއްޖެ ޑިފޯލްޓު ނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދެއްކުން ފަސްކޮށްދިނުމުން ކަމަށާއި، ޑޮލަރުގެ އަގު ހައްތާވެސް ދަނީ މައްޗަށް ކަމަށާއި، އަދި އަމިއްލަ އެކައުންޓުގައި ފައިސާ ހުރެމެ އެ ފައިސާ އަށް ޑޮލަރު ހޯދޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި، ބޭރުގެ ސުކޫލުތަކަށް ދަރިން ކިޔަވަން ލައިގެންތިބި ބެލެނިވެރިންނަށް ވަނީ އިންތިހާއަށް ދަތިވެފައި ކަމަށާއި، ސަރުކާރުން ޑޮލަރު މައްސަލަ ހައްލުކުރުމަށް ގެނައި ހުރިހާ ސިޔާސަތެއް ވަނީ ފެއިލް ވެފައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ