މާލެ: 31°C
މަސްތުވާތަކެތީގެ މުއާމަލާތްކުރާ ގުރޫޕެއް ރަސްދޫއިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މުއާމަލާތްކުރާ ގުރޫޕެއް ރަސްދޫއިން ހައްޔަރުކޮށްފި

18 އޮކްޓޫބަރު 2026
51 ފަހަރު ބަލާފައި

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި އޮޕަރޭޝަންގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު (21އ) އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު (37އ) އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް (37އ) އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު (44އ) އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް (44އ) އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ (23އ) އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު (29އ) ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން (27އ) އެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހު 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި ރަސްދޫއިން 10 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.

ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުޙައްމަދުއާއި، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި މުޙައްމަދު ޢުލްވާން ރަޝީދުއާއި، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު ފަސްދުވަހަށް އަދި އަޙްމަދު އިކުލީލް ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ