މާލެ: 31°C
3 ކިލޯ މަސްތުވާތަކެއްޗާއެކު ފެބުރުއަރީ މަހު ހައްޔަރުކުރި މީހަކު 17 ކިލޯގެ މަސްތުވާތަކެއްޗާއެކު އަނެއްކާވެސް ހައްޔަރުކޮށްފި

3 ކިލޯ މަސްތުވާތަކެއްޗާއެކު ފެބުރުއަރީ މަހު ހައްޔަރުކުރި މީހަކު 17 ކިލޯގެ މަސްތުވާތަކެއްޗާއެކު އަނެއްކާވެސް ހައްޔަރުކޮށްފި

4 ސެޕްޓެންބަރު 2026
25 ފަހަރު ބަލާފައި

ގއ މާމެންދޫގެ 2 ގެޔަކުން 17.7 ކިލޯގެ މަސްތުވާތަކެތި ހޯދައި އެ މައްސަލާ ގުޅުންހުރި 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި، މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުގައި ގއ. މާމެންދޫ / ފިޔާތޮށިވިލާ އަޒުހަދު ނަސީމް، 29، އާއި، ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު، 29، ހައްޔަރުކޮސްފައިވާ ކަމަށެވެ.

އަދި ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި މި މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮސް އެމީހުންނާ ގުޅުންހުރި ގއ. މާމެންދޫގެ 2 ގެޔަކުން 17.7 ކިލޯ ޑްރަގް ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅުންހުރި އިތުރު ތަންތަން ވެސް ފުލުހުން ބަލައި ފާސްކުރަމުންދާ ކަމަށާއި، މި މައްސަލާގައި ހައްޔަރުކުރި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން 5 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި މި ދެ މީހުންގެ ތެރެއިން ގއ. މާމެންދޫ / ފިޔާތޮށިވިލާ އަޒުހަދު ނަސީމް، 29، އަކީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ