މާލެ: 31°C
ލިޔުމުން ހުއްދަ ހޯދައިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގުމަށް އެލްޖީއޭ އިން ކައުންސިލްތަކަށް އަންގައިފި

ލިޔުމުން ހުއްދަ ހޯދައިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގުމަށް އެލްޖީއޭ އިން ކައުންސިލްތަކަށް އަންގައިފި

2 ސެޕްޓެންބަރު 2026
76 ފަހަރު ބަލާފައި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ކައުންސިލްތަކަށް ނުނެގުމަށް ނުނެގުމަށް އެލްޖީއޭ އިން  ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަންގައިފިއެވެ.

އެލްޖީއޭގެ ސީއީއީ ނިމާލް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުން އެއްވެސް ގޮތަކަށް މުވައްޒަފުން ނަގަންވާނީ އެކައުންސިލްގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އާމްދަނީން ހަރަދުކުރާގޮތަށް އަލަށް އުފައްދާ، ނުވަތަ ހުސްވާ، ދާއިމީ މަގާމުތަކަށާއި ކައުންސިލް ހިންގުމުގެ ނިޒާމުގެ ތެރެއިން އުފެދޭ ވަގުތީ ބޭނުންތައް ނުވަތަ ވަގުތީ މަޝްރޫއުއެއް ހިންގުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އަދި، "ވޭޖް އެމްޕްލޯއިމަންޓް" ވަޒީފާތަކަށް މީހުން ނަގަންވާނީވެސް އަދި އެފަދަ ވަޒީފާއަކަށް މީހުން ހޯދުމަށް އިއުލާނުކުރަންވާނީވެސް އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައިކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އަދި މި ބަދަލު އެއޮތޯރިޓީން ގެނެސްފައިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ކަމަށްވެސް އެ ސިތީގައި ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ