މާރަންދޫ ފެނަކައިން ކުއްލިގޮތަކަށް ވަކިކުރި 13 މުވައްޒަފުންގެ ތެރެއިން 10 މުވައްޒަފަކަށް އަނބުރާ ވަޒީފާ ދީފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ މާރަންދޫ ފެނަކައިގެ 14 މުވައްޒަފަކަށް ވަޒީފާއިން ވަކުކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީކޮށް، އޭގެ ތެރެއިން އެކަކަށް އެ ލިޔުން ހަވާލުކުރެވުނީ އޮޅުމަކުން ކަމަށް ބުނެ އެޗިޓު ވަނީ ބާތިލް ކޮށްފައެވެ.
އަދި އޭގެ ފަހުން މިހާރު ވަނީ ވަޒީފާއިން ވަކިކުރި 13 މުވައްޒަފުންގެ ތެރެއިން 10 މުވައްޒަފަކަށް ވަޒީފާ އަނބުރާ ދީފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އަދި އޭގެ ތެރެއިން 13 މީހުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން މާރާންދޫ ކައުންސިލުން ވަނީ އެކަން ކުއްވެރިކޮށް ބަޔާނެއްވެސް ނެރެފައެވެ.
އެބަޔާނުގައި މާރަންދޫ ކައުންސިލުން ބުނީ އެއްވެސް އިންޒާރެއް ދިނުމެއްނެތި ކުއްލިގޮތަކަށް އެރަށުގެ ފެނަކައިގައި މަސައްކަތްކުރާ 13 މުވައްޒަފަކު މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަޒީފާގެ ޔަގީންކަން ކަށަވަރުކޮސްދެއްވާނެކަމުގެ ޔަގީންދެމުން ސަރކާރާ ހަވާލުވެ އެ މަނިކުފާނު ރިޔާސީ އިންތިހާބުތެރޭގައި ވެވަޑައިގެންނެވި ވައުދު ބޮލާލާ ޖަހާފައިވާ ކަމަށާއި، ކުންފިުނތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުގެ ފަރާތްތަށް ވަޒީފާއިން ވަކިކުރުމަކީ އެ ކައުންސިލުން ބަލައިގަންނަ ކަމެނޫންކަމަށެވެ.
އަދި ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ގިނަ އާއިލާތަކެއް ބިކަކުރަމުންދާއިރު ސިޔާސީ ބޮޑެތި މަޤާމުތަކަށް ބޮޑެތި މުސާރާއިގަ މުވައްޒަފުން ނެގުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައި ވެސް އެކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެފަދައިން ނިކަމެތި ރައްޔިތުންނާމެދު އަމަލުކުރަނީ ސިޔާސީގޮތުން އެފަރާތްތަށް ބަލިކަށިކުރުމުގެ ނިޔަތުގައި ކަމަށްވެސް މާރަންދޫ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.







