މާލެ: 31°C
ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވެއްޖެ

ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވެއްޖެ

1 ސެޕްޓެންބަރު 2026
996 ފަހަރު ބަލާފައި

ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ބުޅާ ގެންގުޅުމަށް ޚާއްޞަކޮށްގެން 'ކެޓް އައިލެންޑް' އެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަން އިއުލާނުކުރައްވާފައެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ރާއްޖޭގައި 'ކެޓް އައިލެންޑް' އެއް ތަރައްޤީކުރުމަށް ބރުގެ ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދަޅުވީ މި ހަބަރަކީ ޕެޓް ކޮމިއުނިޓީއަށް ވަރަށް އުފާވެރި ހަބަރަކަށް ވެގެންދާނެ ކަމަށާއި ދުނިޔޭގައި ވަރަށް ބޮޑު ޕްޓް ކޮމިއުނިޓީއޮންނައިރު ރާއްޖޭ ފަދަ ޤައުމެއްގައި މި ފަދަ އައިލެންޑެއް ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ މިއީ އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ވާނެ ކަމަށެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ މާލެ ސަރަޙައްދުގައި ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ "އޮޅުހިޔާ" ގެ ޖާގަ އިތުރުކުރުމަށް މަސައްކަތްތަކެއްވެސް ،މިހާރު ކުރިއަށްދާ ކަމަށާއި މިވަގުތު އެ މަރުކަޒުގައި 280 ބުޅާ ބަލަހައްޓަމުން އަންނައިރު މިހާރު ކުރިއަށްދާ އެކްސްޓެންޝަން މަސައްކަތްތައް ނިމުމުން އެތަނުގައި 500 އެއްހާ ބުޅާ ގެންގުޅެވޭނެ ކަމަށެވެ.

ހުޅުމާލެ ފޭސް-2 ގައި މިހާރު ހިންގަމުންއަންނަ އޮޅުހިޔާ ފެސިލިޓީގައި ބުޅާ ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅަލަށް ބޭސްދޭ ތަނަކާއި ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ވަނީ ހަދާފައެވެ.

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި
ހަބަރު

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި
ހަބަރު

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ