މާލެ: 31°C
ވިޔަފާރިވެރިންނަކީ ގައުމުގެ ހަލާކު ކަމަށް ދައްކަން ސަރުކާރުން މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ: ފައްޔާޒް

ވިޔަފާރިވެރިންނަކީ ގައުމުގެ ހަލާކު ކަމަށް ދައްކަން ސަރުކާރުން މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ: ފައްޔާޒް

1 ސެޕްޓެންބަރު 2026
673 ފަހަރު ބަލާފައި

ވިޔަފާރިވެރިންނަކީ ގައުމުގެ ހަލާކު ކަމަށް ދައްކައި އެ ފަރާތްކަށް ސަރުކާރުން ބަހުގެ ހަމަލާތަށް ދެމުންދާތާ އެތަށް ދުވަހެއް ވެއްޖެ ކަމަސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ގައުމުގައި ހުރި އިގްތިސާދީ ސިނާއަތްތަށް ހަލާކުކުރަމުން އައިސް ސަރުކާރުގެ ފައިބުޑަށް ދިވެހި ހުރިހާ ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުން ވައްޓާލާފައި ވާކަމަށެވެ.

އަދި އެއަށްފަހު އަމިއްލަ ހާލަތުގަ ކިރިޔާވެސް ރާއްޖޭގައި ހިންދަމާލައިގެން ހިނގަމުންދާ އަމިއްލަ ވިޔަފާރިތަށް ހިނގަމުންދާ ޓޫރިޒަމް ސިނާއަތަށްވެސް ހަމަލާ ދެމުންދާތާ ކިއްތައްމެ ދުވަހެއް ވެއްޖެ ކަމަށެވެ.

އެގޮތުން އެކި ކަހަލަ ދުއްތުރާތަށް ކުރަމުން އެކި ގޮތްގޮތަށް ގާނޫނުތައް ބަދަލުކުރަމުން ގަވާއިދުތައް ބަދަލުކުރަމުން އިންތިހާ ބޮޑުކޮށް ރިޝްވަތު ދީގެން ނޫނީ އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް އެ ސިނާއަތުވެސް ވައްޓާލާފައިވާ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.

އަދި އޭގެ ބޭރުން ވިޔަފާރިވެރިންނަކީ ގައުމުގެ ހަލާކުކަމަށް ދައްކައި އެކި ތަންތަނުގައި ސަރުކަރުގެ ވެރިން އެމީހުންނަށް ބަހުގެ ހަމަލާތަށް ދެމުންދާތާވެސް އެތަށް ދުވަހެއް ވެފައިވާކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.

"މިއަދު އެސްފިޔަވެސް ޖައްސަވާނުލައްވައި އިނދެ ވިދާޅުވީ ފިޔަފާރިތަކަށް ޓީޓީއަށް މިހާރު 50 އިންސައްތަ ޑޮލަރު ދެމޭ، ރޯ ބުހުތަނު ދޮގު އައްސަވަވާ ފިޔަފާރިވެރިން ގާތު އެކަކަށްވެސް ނުލިބޭ: ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޔަފާރިތަކަށް 5 އިންސައްތައިގެ ބަދަލުގައި މިހާރު 50 އިންސައްތަ ޓީޓީ ދެމުންދާކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި ފައްޔާޒް ވިދާޅުވީ ވިޔަފާރިތަކަށް 50 އިންސައްތަ އާއި ގާތަށްވެސް ޓީޓީ ނުލިބޭ ކަމަށާއި، ބައެއްފަހަރު 100 އިންސައްތަ ބޭރު ފައިސާ ޓީޓީއަށް ޖަމާކުރީމާވެސް ޓީޓީ ޕްރޮސެސްނުވެ 3 ނުވަތަ 4 ދުވަސް ނަގާ ކަމަށެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ