މާލެ: 31°C
ރައީސް މުއިއްޒު ހެއްދެވީ ދޮގު، ޑެބިޓްކާޑާއި ކްރެޑިޓްކާޑުން ބޭރުގަ މުއާމަލާތެއް ނުކުރެވޭ 50 އިންސައްތަ ޓީޓީއެއްވެސް ވިޔަފާރިތަކަށް ނުލިބޭ: ފައްޔާޒް

ރައީސް މުއިއްޒު ހެއްދެވީ ދޮގު، ޑެބިޓްކާޑާއި ކްރެޑިޓްކާޑުން ބޭރުގަ މުއާމަލާތެއް ނުކުރެވޭ 50 އިންސައްތަ ޓީޓީއެއްވެސް ވިޔަފާރިތަކަށް ނުލިބޭ: ފައްޔާޒް

1 ސެޕްޓެންބަރު 2026
733 ފަހަރު ބަލާފައި

ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ބޭރުގައި ބޭނުންކުރެވޭ ލިމިޓް މަތިކޮށްފައިވާ ކަމަށާއި އެ ލިމިޓްތަކުން ބޭރުގައި މިހާރު ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން މުއާމަލާތްކުރެވޭ ކަމަށްބުނެ ރައީސް ޑރ މުއިއްޒު ހެއްދެވީ ދޮގެއްކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ޑެބިޓް ކާޑުންންނާއި ކްރެޑިޓް ކާޑުން ބޭރު ގައުމުގައި ފައިދާ ދެއްކޭ ކަމަށާއި އެ މުއާމަލާތްތަށް ކުރެވޭ ލިމިޓް ކުރިއަށްވުރެ މިހާރު މަތިކޮސްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް އެހެން ވިދާޅުވެ އެހެއްދެވީ ކަޑައެޅިގެން ދޮގު ކަމަށެވެ.

"ޑެބިޓް ކާޑަކުން ލާރި ދެއްކޭ ވާހަކަދައްކައިފި ކްރެޑިޓް ކާޑަކުން ލާރިދެއްކޭ ވާހަކަދައްކައިފި، ކޮންތާކު ރޯދޮގު، ނުކނޑޭ: ފައްޔާޒް ވިދަޅުވި އެވެ.

އަދި ބޭރުގެ ފިހާރަތަކަށާއި ހޮސްޕިޓަލްތަކަށް ގޮސް ކްރެޑިޑް ކާޑާއި ޑެބިޓް ކާޑުން ލާރިކަނޑަން އެޅެ ނުކެނޑިގެން ދިވެހިންނަށް ލަދާ ކުރިމަތިލާންޖެހިފައިވާ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭރަށް ގޮސް ކިތަށް ފިހާރައަށް ވަދެފަ ކިތަށް ހޮސްޕިޓަލަށް ވަދެފަތޯ ލަދުން ނިކުންނަށް ޖެހެނީ ކްރެޓިޑްކާޑާއި ޑެބިޓް ކާޑުން ނުކެނޑިގެން،" ފައްޔާޒް ވިދާޅުވި އެވެ.

"މިއަދު އެސްފިޔަވެސް ޖައްސަވާނުލައްވައި އިނދެ ވިދާޅުވީ ފިޔަފާރިތަކަށް ޓީޓީއަށް މިހާރު 50 އިންސައްތަ ޑޮލަރު ދެމޭ، ރޯ ބުހުތަނު ދޮގު އައްސަވަވާ ފިޔަފާރިވެރިން ގާތު އެކަކަށްވެސް ނުލިބޭ: ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޔަފާރިތަކަށް 5 އިންސައްތައިގެ ބަދަލުގައި މިހާރު 50 އިންސައްތަ ޓީޓީ ދެމުންދާކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި ފައްޔާޒް ވިދާޅުވީ ވިޔަފާރިތަކަށް 50 އިންސައްތަ އާއި ގާތަށްވެސް ޓީޓީ ނުލިބޭ ކަމަށާއި، ބައެއްފަހަރު 100 އިންސައްތަ ބޭރު ފައިސާ ޓީޓީއަށް ޖަމާކުރީމާވެސް ޓީޓީ ޕްރޮސެސްނުވެ 3 ނުވަތަ 4 ދުވަސް ނަގާ ކަމަށެވެ.

ބޭރު ފައިސާއާއިބހޭ ގަނޫނަށް ގެނެވުނު އިސްލާހު ތަސްދީގުކުރެއްވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ބޭރުގައި މުއާމަލާތްކުރެވޭ ލިމިޓްތަށް މިހާރު މަތިކޮށްފައިވާ ކަމަށެވެ.

އެގޮތުން ޑެބިޑް ކާޑުން ބޭރު ފައިސާގެ މުއާމަލާތްކުރެވޭ އަދަދު 250 ޑޮލަރުން 1000 ޑޮލަރަށް ބޮޑުކޮސްފައިވާ ކަމަށާއި, ޑެބިޓްކާޑުން މެޑިކަލްއާއި ދަތުރުފަތުރާ ހޮޓެލް ބްކިންގ އަށް 3000 ޑލަރު ހަމަޖައްސައި ޑެބިޑްކާޑުން ދަރިވަރުންނަށް 1200 ޑޮލަރު ހަމަޖެއްސައި، ކްރެޑިޓް ކާޑް ބޭނުންކުރެވޭ ފޮރިންގ ލިމިޓް 2 ގުނައަށް އިތުރުކުރިކަމާށެވެ.

އަދި ވިޔަފާރިތަކަށް ޓީޓީހެދުމަށް ދޫކުރާ ޑޮލަރު 5 އިންސައްތައިން 50 އިންސައްތައަށް ބޮޑުކުރިކަމާއި, އާސަންދަ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2000 ޑޮލަރަށް އިތުރުކުރިކަމާއި, އަމިއްލަގޮތުން ބޭސްފަރުވާއަށްދާ ދިވެހިންނަށް 1000 ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

އީގަލް ހިލްސް ޕްރޮޖެކްޓުގެ ވަށައިގެންވާ ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްފައިނޫނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ފައްޔާޒު ގޮވާލައްވައިފި
ހަބަރު

އީގަލް ހިލްސް ޕްރޮޖެކްޓުގެ ވަށައިގެންވާ ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްފައިނޫނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ފައްޔާޒު ގޮވާލައްވައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ