މާލެ: 31°C
ހުޅުދޫގަ މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި

ހުޅުދޫގަ މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި

1 ސެޕްޓެންބަރު 2026
35 ފަހަރު ބަލާފައި

މަސްތުވާތަކެތީގެ މައްސަލައެއްގައި ސ ހުޅުދޫއިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުދޫގައި ސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި އޯގަސްޓް 29 ވަނަ ދުވަހު  ސ. ހުޅުދޫ / ތޯތާޕަރީ، އިކުރާމް (47އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ