ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭގައި އިންނެވި ނޫސްވެރިއެއްގާތު ތިއުޅުއްވަނީ ކޮން ގައުމެއްގައިތޯ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އައްސަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބޭރުފައިސާއާއިބެހޭ ބިލް ތަސްދީގު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރެއްވި ސްވާލަކާ ގުޅިގެން ރައީސް ވިދާޅުވީ ތި އުޅުއްވަނީ ދިވެހި ރާއްޖޭގަ ތޯއެވެ؟
ނޫސްވެރިޔާ ކުރި ސްވާލަކީ ރައީސް މިއަދު ބޭރުފައިސާ އާއިބެހޭ ބިލު ތަސްދީގު ކުރައްވުމަށްފަހު އެ ޤާނޫނުގެ ދަށުން މާރުކުރާ ޑޮލަރު ބޭނުންކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަމަށް ވިދާޅުވާއިރު މީގެ ކުރިން ހަމަ އެގާނޫނުގެ ދަށުން ގަވާއިދަށް ގެނެވުނު ބަދަލާއެކު ބޮލަކަށް 500 ޑޮލަރު ނުވަތަ 20 އިންސައްތަ މާރުކުރާ ގޮތަށް ހެއްދެވުމަށްފަހުވެސް, އެގޮތުން ލިބޭ ބޭރުފައިސާ ބޭނުންކުރާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
އެގޮތުން ކާޑުގެ ޑޮލަރު ލިމިޓްތައް ބޮޑުކޮށް ބޭރަށް ފުރާ ދިވެހިންނަށް މިހާރު ދެމުންދާ 500 ޑޮލަރުގެ ބަދަލުގައި 100 ޑޮލަރަށް ބޮޑުކޮށްދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައި ކަމަށެވެ.
އެހެންމަވެސް އެއްވެސް ކަމެއް ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ހާލަތު ގޯސްވެގެންގޮސްފައިވާއިރު ރައީސް މިއަދު ވިދާޅުވި ވާހަކަ ރައްޔިތުން ގަބޫލުކުރަންވީ ކީއްވެތޯ ނޫސްވެރިޔާ ވަނީ ސްވާލުކޮށްފައެވެ.
ނޫސްވެރިޔާ އެސުވާލު ކުރެއްވުމާއެކު ރައީސް ވިދާޅުވީ "ތިއުޅުއްވަނީ ދިވެހިރާއްޖޭގަ ތޯއެވެ. އަދި ޖަބާބުގައި އެ ނޫސްވެރިޔާ ހުންނެވީ ދިވެހިރާއްޖޭގަ ކަމަށް ވިދާޅުވުމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އެހެންކަމަށްވާނަމަ ޑެބިޑް ކާޑުން ބޭރު ފައިސާގެ މުއާމަލާތްކުރެވޭ އަދަދު 250 ޑޮލަރުން 1000 ޑޮލަރަށް ބޮޑުކުރި ކަމާއި, ޑެބިޓްކާޑުން މެޑިކަލްއާއި ދަތުރުފަތުރާ ހޮޓެލް ބްކިނގ އަށް 3000 ޑލަރު ހަމަޖެއްސި ކަމާއި, ޑެބިޑްކާޑުން ދަރިވަރުންނަށް 1200 ޑޮލަރު ހަމަޖެއްސިކަމާއި, ކްރެޑިޓް ކާޑް ބޭނުންކުރެވޭ ފޮރިންގ ލިމިޓް 2 ގުނައަށް އިތުރުކުރިކަމާ, ވިޔަފާރިތަކަށް ޓީޓީހެދުމަށް ދޫކުރާ ޑޮލަރު 5 އިންސައްތައިން 50 އިންސައްތައަށް ބޮޑުކުރިކަމާއި, އާސަންދަ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2000 ޑޮލަރަށް އިތުރުކުރިކަމާއި, އަމިއްލަގޮތުން ބޭސްފަރުވާއަށްދާ ދިވެހިންނަށް 1000 ޑޮލަރަށް އިތުރުކުރިކަމާ, މިކަންކަން ކީއްވެތޯ އެނގިވަޑައިނުގަންނަވަނީ ނޫސްވެރިޔާގާތުން ރައީސް ވަނީ އައްސަވާފައެވެ.
އަދި އިތުރަށް ރައީސް ވިދާޅުވީ ރާއްޖޭގައި ތޯ އުޅުއްވަނީ ސްވާލުކުރެއްވީ އެކަންކަން އެނގިނުލައްވާތީ ކަމަށެވެ.







