މާލެ: 31°C

ޒުވާންކަމާއި ރީތިކަން ދަމަހައްޓަން ކުރެވިދާނެ 10 ކަމެއް

April 18, 2023
2 ފަހަރު ބަލާފައި
ޒުވާންކަމާއި ރީތިކަން ދަމަހައްޓަން ކުރެވިދާނެ 10 ކަމެއް
ޒުވާންކަމާއި ރީތިކަން ދަމަހައްޓަން ކުރެވިދާނެ 10 ކަމެއް
އުމުރަކީ ހަގީގަތުގައި ހަމައެކަނި އަދަދެކެވެ. ނަމަވެސް އުމުރުގެ ކުރީކޮޅު މޫނުގައި ރޫޖެހުމާއިި، އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑު ބޯވެ، މުސްކުޅި ވައްތަރު ޖަހާނަމަ އެކަން ހައްލުކުރުމަށް ކުރެވޭނެ އެތައްކަމެއް މިހާރު ފެންނަން އެބަހުއްޓެވެ. އެގޮތުން އެމެރިކަން އެކަޑަމީ އޮފް ޑަރމަޓޮލޮޖީގެ ހަމުގެ ޑޮކްޓަރުން ލަފާދެނީ އެއްފަހަރާ ހަންގަނޑަށް ފަރުވާދޭ އެއް ޕްރޮޑަކްޓުން ފެށުމަށެވެ. މޫނުގައި އުނގުޅުމުގެ ދެތިން ދުވަސް ކުރިން އަތްތިލައިގައި ހާކައި ޓެސްޓް ކުރުމަށެވެ. އެއްވެސް އުފެއްދުމެއް ކަރާ ނުވަތަ އަނދާހެން ހީވާނަމަ ވަގުތުން އެ އުފެއްދުމެއް ބޭނުންކުރުން ހުއްޓާލާށެވެ. އަދި އުފެއްދުމުގައިވާ އިރުޝާދުތަކަށް ބޯލަނބައި މާގިނައިން ބޭނުންކުރުމުން ދުރުހެލިވުމާއ،ި ލަފާދޭ ގޮތަށް  ބޭނުން ކުރުމަކީ ހަންގަނޑު ޒުވާން ގޮތަކަށް ފެނިދާނެ ކަމެއް ކަމުން އެ ޕްރޮޑަކްޓަކަށް މަސައްކަތް ކުރަން ވަގުތު ދޭށެވެ. ހަންގަނޑަކީ އަހަރެމެން ހަށިގަނޑުގެ އެންމެ ބޮޑު ބައި ކަމަށްވާއިރު، ތަފާތު އުފެއްދުންތައް ބޭނުންކުރުމުގައި ސަމާލުވާންޖެހެއެވެ. ހަންގަނޑު އޮމާންކޮށްދީ، ޒުވާންކަން މަތީ ދަމަހައްޓައިދޭނެ އުފެއްދުންތަކުގެ އިންގްރީޑިއެންޓްސް ބެލުމަކީ ވެސް އެހާމެ މުހިއްމުކަމެކެވެ. މިސާލަކަށް ރެޓިނޯލް އަކީ ވިޓަމިން އޭ ކޮމްޕައުންޑެއް ކަމަށާއި ނޮންޕްރެސްކްރިޕްޝަން ރިންކްލް ކްރީމްތަކުގައި ގިނައިން ބޭނުންކުރި ފުރަތަމަ އެންޓިއޮކްސިޑެންޓެވެ. ވަރުގަދަ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ވިޓަމިން ސީ އަކީ ހަންގަނޑަށް އަވިން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ހަންގަނޑަށް ފަރުވާދޭ އުފެއްދުންތަކުގައި ގްރީން ޓީ ބޭނުންކުރަނީ އޭގައި ހުންނަ އެންޓިއޮކްސިޑެންޓް އަދި އެންޓި އިންފްލެމެޓަރީ ޕްރޮޕަޓީތަކުގެ ސަބަބުންނެވެ. ރާލްފް ލޯރެން އާއި ޓޮމް ފޯޑްގެ ކުރީގެ ހެޑް އޮފް ބިއުޓީ އަދި "ޓޮސް ދަ ގްލޯސް" (ބިއުޓީ ޓިޕްސް، ޓްރިކްސް، އެންޑް ޓްރޫތްސް ފޯ ވިމެން 50+) ގެ ލިޔުންތެރިޔާ އެންޑްރިއާ ރޮބިންސަން ވަނީ ހަންގަނޑު ޒުވާންކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންކަން ހިއްސާކޮށްފައެވެ. ރަނގަޅު ސްކިންކެއާ ޕްރޮޑަކްޓްސް ބޭނުންކުރުން ހަންގަނޑަށް ފަރުވާދޭ ޕްރޮޑަކްޓްތައް ގަންނައިރު ޒުވާން ހަންގަނޑެއް ދެމެހެއްޓުމަށް ބަލަން ޖެހޭ ވަރުގަދަ ތިން މާއްދާއެއް ހިމެނޭ ކަމަށް ރޮބިންސަން ބުންޏެވެ. އެއް ކަމަކީ، ވިޓަމިން ސީ (ރޮބިންސަން އަށް ކަމުދާ އެލިޒަބަތު އާޑަން ޕްރިވޭޖް އެންޓި-އޭޖިންގް ޑެއިލީ ސީރަމް) ފަދަ އެންޓިއޮކްސިޑެންޓްސް ހިމެނޭ ސީރަމް އެއް ހުރިތޯ ލޭބަލްގައި ޗެކް ކުރުމަކީ ހަންގަނޑު އުޖާލާ ކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. ދެވަނަ ކަމަކީ ސެލް ޓާނަވަރ އިތުރުކޮށްދީ ކޮލަޖަން އާކުރުމަށް ބާރުއަޅާ ރެޓިނޮއިޑްސް ތިމާގެ ރޫޓިންއަށް އިތުރުކުރުމެވެ. އަދި ތިންވަނަ ކަމަކީ، ހަމުގެ މަރުވެފައިވާ ސެލްތަކުގެ މަތީ ފަށަލަ ނައްތާލުމަށް އަލްފާ ހައިޑްރޮކްސީ އެސިޑް އެކްސްފޯލިއޭޓަރެއް ބޭނުންކުރަން ފެށުން (ރޮބިންސަން އަކީ ޕީޓާ ތޯމަސް ގެ ެޕްރޮޑަކްޓްއެއް ކަމަށްވާ ރޯތު އަން ރިންކްލް ޕީލް ޕެޑްސްގެ ފޭނެކެވެ). ސަންސްކްރީން (އެސްޕީއެފް) ބޭނުންކުރުން  ބޭރު ހޫނުގަދަ ވިޔަސް ނުވަތަ ފިނިވެ ވިއްސާރަ ވިޔަސް ހަންގަނޑު ރީތިކޮށް ބަހައްޓަން ބޭނުންނަމަ ސަންސްކްރީން އަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެހެންކަމުން އަވިން ލިބޭ ގެއްލުންތަކުގެ ސަބަބުން ރޫޖެހުމާއި ހަމުގެ ކެންސަރަށް މަގުފަހިވެއެވެ. "މަދުވެގެން އެސްޕީއެފް 30 ބޭނުން ކުރާށެވެ. އެކަމަކު އެސްޕީއެފް 50 އަށް ވުރެ މަތީ އެއްޗެއްސަށް ފައިސާ ބޭކާރު ނުކުރާށެވެ، އެސްޕީއެފް މަތިވުމުން ރައްކާތެރިކަމުގެ ފައިދާތައް ލިބޭ ކަމުގެ ހެކި މަދު،" ރޮބިންސަން ބުންޏެވެ. ފައުންޑޭޝަން ބޭނުންކުރުން މަދުކުރުން "ގިނައިން ފައުންޑޭޝަން ހޭކުމަށްފަހު ގިނައިރުވުމުން މޫނުގެ ފަށަލަތަކުގައި ނުވަތަ ރޮނގުތަކުގެ ތެރެއަށް ވަންނާނެ" އޭނާ ބުންޏެވެ. އުމުރުން ދުވަސްވާ ވަރަކަށް ބޭނުންކުރުމަށް ރަނގަޅީ ޓްރާންސްޕޭރެންޓް މޮއިސްޗަރައިޒިން ފައުންޑޭޝަނެއް ނުވަތަ ޓިންޓެޑް މޮއިސްޗަރައިޒާއެއް ކަމަށް ރޮބިންސަން ބުނެއެވެ. އަދި ޕައުޑަރ ބޭސް ހުންނަ އެއްޗިއްސުން ދުރުހެލިވުމަށާއި އޭނާ ރެކޮމެންޑް ކުރަނީ "ފިލޯސަފީ ހޯޕް އިން އަ ޖާ" ހައިޑްރޭޓިން ފައުންޑޭޝަން ކަމަށާއި، މިއީ ލުއި މެދުމިނުގެ ކަވަރޭޖެއް ފޯރުކޮށްދޭ ފައުންޑޭޝަނެއް ކަމަށެވެ. އަދި ފައުންޑޭޝަން އުނގުޅުމުގެ ކުރިން ޕްރައިމަރެއް ބޭނުން ކުރުމަށް ވެސް އޭނާ ލަފާދެއެވެ. ޕްރޮޑަކްޓްސް ބޭނުންކޮށްގެން ހަންގަނޑަށް ގްލޯއެއް ގެނައުން އަތްވަށް ނިކުމެ ޓޭން ކުރުމުގެ ބަދަލުގައި ރައްކާތެރި އިންގްރީޑިއެންޓް ހުންނަ ޕްރޮޑަކްސް ބޭނުންކޮށްގެން ހަންގަނޑަށް ދިއްލުމެއް ގެނެވިދާނެ ކަމަށް އޭނާ ބުންޏެވެ. ގްލިޓާރ ބޭނުންކުރުން މަދުކުރުން ގަދަ ކުލަތައް ގިނަ ފަށަލައަށް ލޮލުގެ މަތީގައި ޖައްސާއިރު، ގްލިޓާރ ބޭނުންކުރުމުން ރޫތައް ބޮޑަށް ފާހަގަވެއެވެ. އަދި ލޮލުގެ ވަށައިގެންވާ ނާޒުކު އަދި ރީތި ހަންގަނޑަށް ބާރުއަޅާ ލިކުއިޑް ލައިނަރ ދޫކޮށްލާފައި ސްމަޖް ކުރެވޭ ލޮރިއަލް ޕެރިސް ލެ ކޯލް ޑޫއޯ އައިލައިނަރ ފަދަ މަޑު ޕެންސިލް ލައިނަރެއް ބޭނުންކުރުމަށް ރޮބިންސަން އިރުޝާދު ދެއެވެ. ބުމަ ހެދުން ޒުވާންކޮށް ހުންނަން ބޭނުންނަމަ އަމިއްލަޔަށް ޓްވީޒާ ބޭނުންނުކޮށް ޕްރޮފެޝަނަލް މީހެއް ކައިރިއަށް ގޮސް ބުމަ ބައްޓަން ކުރަން ޖެހޭ ކަމަށް ރޮބިންސަން ބުންޏެވެ. ބުަމައިގެ ބައްޓަމަކީ ޒުވާންކޮށް ފެނުމަށް މުހިންމު ދައުރެއް އަދަކުރާއެއްޗެކެވެ. ކަރުގައި މޮއިސްޓަރައިޒާރ ބޭނުންކުރުން "އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ އެހެން ތަންތަނަށް ވުރެ ކަރުގެ އިލާސްޓިސިޓީ އަވަހަށް ގެއްލި، ބިރުވެރި ކްރެޕީ ލޫކް އެއް އަންނާނެ" ރޮބިންސަން ބުންޏެވެ. ކޮންމެ ހެނދުނާއި ރޭގަނޑު މޮއިސްޗަރައިޒްކޮށް، ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު މަޑުމަޑުން ސްކްރަބަކުން އެކްސްފޯލިއޭޓްކޮށް، ކޮންމެ ދުވަހަކު ސަންސްކްރީން އުނގުޅާށެވެ. އަތުގައި ޕްރޮޑަކްޓްސް ބޭނުންކުރުން އަތުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ތަށި ދޮންނައިރު އަންގި ބޭނުންކޮށް އަބަދުވެސް މޮއިސްޓަރައިޒާ ބޭނުންކުރުމަށް އޭނާ އިރުޝާދު ދެއެވެ. ގިނަގިނައިން ފެންބުޔުން ގިނައިން ފެންބުޔުމުގެ ސަބަބުން ހަންގަނޑު ސާފުވެ، ރީތިކޮށް ބަހައްޓައިދެއެވެ. ގަވާއިދުން ކަސްރަތުކުރުން ކަސްރަތުކުރުމަކީ ސިއްހަތައް ފައިދާކުރާ ކަމަކަށްވާއިރު، ދާހިއްލުމުން ހަންގަނޑުގައި ހުންނަ ޑެޑް ސްކިން ނައްތާލަދެއެވެ. އަދި ޒުވާން ރީތި ބައްޓަމެއްގައި ގިނަ ދުވަހު ދެމިހުރުމަށް އެހީވެދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ