މާލެ: 31°C
ފައްޔާޒްގެ އައްޑޫ ދަތުރު: ފެންނަނީ އާއްޑޫ އެމްޑީޕީ މެންބަރުންގެ މެދުގަ ބޮޑުބަދަލަށް އޮތް ތާއީދު

ފައްޔާޒްގެ އައްޑޫ ދަތުރު: ފެންނަނީ އާއްޑޫ އެމްޑީޕީ މެންބަރުންގެ މެދުގަ ބޮޑުބަދަލަށް އޮތް ތާއީދު

18 އޮކްޓޫބަރު 2026
63 ފަހަރު ބަލާފައި

ފައްޔާޒްގެ އައްޑޫ ދަތުރުން ފެނިގެންދަނީ އައްޑޫ އޮތީ ބޮޑުބަދަލާއެކުކަން

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެ ޕާޓީގެ އެތެެރޭގައި ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް 3 ފަރާތަކަުން ވަނީ އިއުލާނުކޮށްފައެވެ.

އޭގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި، ނިމިދިޔަ އެ ޕާޓީގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ނައިބް ރައީސް ކަން ކުރައްވާފައިވާ ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވައެވެ.

އަދި މި 3 ބޭފުޅުންގެ އިތުރުން ރައީސް ޑރ ވަހީދުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރާއްވާފައިވާ އަދި މިހަރު އެމްޑީޕީގެ ޕާލކިމެންޓްރީ ގްރޫޕްގެ މެންބަރުކަން ކުރައްވާ ޑރ ޝަމްހީދުވެސް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރެއްވުމަށް ތާއީދު ހޯއްދެވުމުގެރ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

ނަމަވެސް މިހާތަނަށް ޑރ ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެއް ނުވެއެވެ.

ގިނަ ފަރާތްތަކަކުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާއިރު މިހާރު އެ ފަރާތްތަކުން ދަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންވެސް ކުރައްވަމުންނެވެ.

އާންމުކޮށް އެމްޑީޕީ އަކީ އިންތިހާބުތަކުގައި ސިޔާސަތު ވިއްކައިގެން ތާއީދު ހޯދާ ޕާޓީއެއް ނަމަވެސް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ސިޔާސަތެއް މިހާތަނަށް ހުށަހަޅުއްވައިގެން ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންގެންދަވަނީ ފައްޔާޒް އިސްމާއިލް އެކަނިކަން ފާހަގަކުރެވެއެވެ.

އެގޮތުން ފައްޔާޒް ހުށަހަޅުއްވާ "ބޮޑުބަދަލު" އެޕާޓީގެ ކޮންގްރެސް އިން ވަނީ ފައްޔާޒު ހުށަހެޅުއްވި ގޮތަށް ފާސްކޮށްފައެވެ.

އެއަށްފަހު އެ ޕާޓީގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަވާނެ އިސްލާހީ ބަދަލުތަކަށް އެ ޕާޓީގެ މެންބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންއަންނައިރު އެ މަސައްކަތުގައި އައްޑޫގެ އެމްޑީޕީ މެންބަރުންގެ ތާއީދު ހޯއްދެވުމަށް ރޭ އައްޑޫސިޓީއަށް ފައްޔާޒް ވަޑައިގަތުމުން ފެނިގެންދިޔައީ އައްޑޫ ސިޓީގެ އެމްޑީޕީ އޮތީ ބޮޑުބަދަލަށް ބޭނުންވެފައިކަން ކަމަށެވެ.

ރޭ އައްޑުސީޓީއަށް ފައްޔާޒް އަށް މަރުހަބާ ދެންނެވުމަށް ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް އައްޑޫސީތީގެ ގިނަ އަދަދެއްގެ އެމްޑީޕީ އާންމު މެންބަރުން ވަޑައިގެންނެވުމުން ހާމަވެގެންދިޔަ އެއް ކަމަކީ އައްޑޫސިޓީގައި އެމްޑީޕީ ރޫހު އަދިވެސް ވަރަށް ބޮޑަށް އޮތް ކަމަށާއި އަދި އައްޑޫސިޓީގެ އެމްޑީޕީ އާންމު މެންބަރުންގެ ތާއީދު އޮތީ ބޮޑުބަދަލަށް (ފައްޔާޒް އިސްމާއިލް) އަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ