ޒުވާން ކުދިން މަރާކަމުގެ ތުހުމަތުގައި ލަންކާގެ ކުރީގެ ނޭވީ ޗީފް އެމެރިކާއިން ބްލެކްލިސްޓު ކޮށްފި

ޒުވާން ކުދިން މަރާކަމުގެ ތުހުމަތުގައި ލަންކާގެ ކުރީގެ ނޭވީ ޗީފް އެމެރިކާއިން ބްލެކްލިސްޓު ކޮށްފި
ލިޔުން:
ސްރީލަންކާގެ ދާހިލީ ހަނގުރާމައިގައި މީހުން މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ސްރީލަންކާގެ ޕްރޮވިންސް ގަވަރުނަރަކަށް ވިސާ ނުދެވޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
ލަންކާގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ކުރީގެ ނޭވީ ޗީފް ވަސަންތަ ކަރަންނަގޯޑާ ވަނީ މުއްސަނދި އާއިލާތަކުގެ ޒުވާން ކުދިން ވަގަށް ނަގައި ބައެއް މީހުން މަރާލާފައެވެ. އަދި އެ މީހުންގެ އަތުން އޭނާ ފައިސާ ހޯދި ކަމަށްވެސް ވެއެވެ.
ވަސަންތައާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް 2021 ވަނަ އަހަރު ވަނީ އަނބުރާ ގެންގޮސްފައެވެ. ދައުވާތައް އަނބުރާ ގެންދިއުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ނުރުހުން ފާޅުކުރިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވީ ވަސަންތަގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް އަދި އިތުބާރު ކުރެވޭ ތުހުމަތުތަކެއް ކަމަށާއި ގަވަރުނަރަށް ވެސް އަދި އޭނާގެ އަނބިކަނބަލުންނަށް ވެސް އެމެރިކާއަށް ވަޑައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އިންސާނީ ހައްގުތައް ދަމަހައްޓައި، އިންސާނީ ހައްގުތަކާ ހިލާފުވާ ފަރާތްތަކަށް އަދަބު ދިނުމާއި، އަނިޔާ ލިބުނު މީހުންނާއި ސަލާމަތްވި މީހުންގެ ހިތާމަތައް ބަލައިގަތުމާއި، ސްރީލަންކާގައި ކުށްކުރާ މީހުންނަށް ޖަވާބުދާރީ ކުރުވުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭ،" ބްލިންކެން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
