މާލެ: 31°C

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

March 26, 2025
500 ފަހަރު ބަލާފައި
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި އެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި އެވެ.

ސޯޝަލް މީޑިއާގެ މުއާމަލާތްތައް ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ ގޮތަށް ދާދި ފަހުން ކައުންޓަ-ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހުތަކުން ބާރު ހޯދައިގެން އެ ގައުމ،ުގައި ފޭސްބްކް މަނާކުރުމަށް ސަރުކާރުން ދައްކާފައިވާ އުޒުރުތަކުގެ ތެރޭގައި ދޮގު ޚަބަރުތައް ފެތުރުމާއި، ބަރަހަނާ މަންޒަރުތައް ބެލުން ހުއްޓުވުމާއި، ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ކަހަލަ ވާހަކަތައް ހުއްޓުވުން ހިމެނެއެވެ.

1.3 މިލިއަނަށްވުރެ ގިނަ ފޭސްބްކް ޔޫސަރ އިން އުޅޭ އެ ގައުމުން ފޭސްބުކް މަނާކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުންއެ ގައުމުގެ މީޑިއާ ކައުންސިލުންވެސް ވަނީ އެ ގައުމުގެ ސަރުކާރުން ފޭސްބުކް މަނާކުރުމަކީ އިންސާނީ ހައްގަކަށް އަރައިގަތުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން އެ ގައުމުގެ ޕޮލިސް މިނިސްޓަރު ޕީޓާ ސިއަމިލީލީ ޖޫނިއާ ނިންމުން ދިފާއު ކުރައްވައި ވިދާޅުވީ ފޭސްބުކް މަނާކުރީ ހިޔާލު ފާޅުކުރުމުގެ ހަނިކުރަން ނުން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ސަރުކާރުން އެޅި ވަރަށް ޒިންމާދާރު މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

 

މެޓަ އިން ހިންގަމުން އަންނަ ފޭސްބުކް، ޕަޕްއަ ނިއު ގިނީގައި ބޭނުންކުރާ މީހުންގެ އަދަދު 1.3 މިލިއަނަށް އަރަ އެވެ. އަދި އެ ޕްލެޓްފޯމަކީ އެ ގައުމުގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެސް މެ އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ