ޒެލެންސްކީ އަވަހާރަކޮށްނުލައްވާނެ ކަމަށް ޕުޓިން ވައުދުވި: އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު

ޒެލެންސްކީ އަވަހާރަކޮށްނުލައްވާނެ ކަމަށް ޕުޓިން ވައުދުވި: އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު
ލިޔުން:
ޔޫކްރެއިން ރައީސް ވޮލަޑަމީރް ޒެލެންސްކީ އަވަހާރަކޮށްނުލައްވާނެ ކަމުގެ ޔަގީންކަން ރަޝިޔާގެ ރައީސް ލަޑަމިއާ ޕުޓިން ވައުދުވެވަޑައިގެންނެވި ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެއެވެ.
ޔޫކްރެއިން - ރަޝިއާ ހަނގުރާމަ ފެށުނު އިރު މެދުވެރިއެއްގެ ގޮތުގައި ކުޑަ ދުވަސްކޮޅަކަށް ބެނެޓް މަސައްކަތްކުރެއްވިއެވެ. ހަނގުރާމައިގެ ފުރަތަމަ ހަފުތާގެ ތެރޭގައި މެދުވެރިއެއްގެ ގޮތުގައި ނުކުމެވަޑައިގަނެ މިދިޔަ އަހަރު މާޗް މަހު ބެނެޓް ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން ޕުޓިން އާ ބައްދަލުކުރެއްވިއެވެ.
ބެނެޓްގެ މެދުވެރިއްގެ ސަބަބުން، ހިނގަމުން ދިޔަ ލޭއޮހޮރުވުން ނިމުމަކަށް ގެނައުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އޮންލައިންކޮށް ދެއްވި އިންޓަވިއުއެއްގައި ބެނެޓް ވަނީ ހަނގުރާމައިގެ ފުރަތަމަ ދުވަސްތަކުގައި ހައްލެއް ހޯދުމަށް ކުރެއްވ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
"އަހަރެން އަހާލީ "މިއީ ކޮންކަމެއް؟ ޒެލެންސްކީ އަވަހާރަކޮށްލަން ގަސްދުކުރަނީތަ؟". "ޒެލެންސްކީ އަވަހާރާކޮށް ނުލާނެ، ދެން އަަހަރެން ޕުޓިން ގާތު ވިދާޅުވިން ތި ދޭ ޔަގީން ކަމަކީ ޒެލެންސްކީ މަރާނުލާނެ ކަމުގެ ޔަގީންކަން؟ އޭނާ (ޕޫޓީން) ވިދާޅުވީ ޒެލެންސްކީ އަވަހާރަކޮށް ނުލައްވާނެ ކަމަށް" ބެނެޓް ވިދާޅުވިއެވެ/
ބެނެޓް ވިދާޅުވީ އެއަށްފަހު ޒެލެންސްކީއަށް ގުޅައި ޕުޓިންވެ ވަޑައިގެންނެވި ވައުދުގެ ވާހަކަ ދެއްކެވި ކަމަށެވެ.
ބެނެޓް ވިދާޅުވީ، ހަނގުރާމައިގެން މެދުވެރިއެއްގެ ތެރޭގައި އޭރު ޕުޓިން ވަނީ ޔޫކްރެއިންނަށް ހަމަލާ ނުދެއްވާވައުދުވެވަޑައިގެންފައި ކަމަށާއި ޒެލެންސްކީ ނޭޓޯއާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ.
ބެނެޓްގެ ވާހަކަތަކާއި ގުޅިގެން ރަޝިޔާއިން އެއްޗެކޭ ބުނެފައެއް ނުވެއެވެ.
ޔޫކްރެއިންގެ ހާރިޖީ ވަޒީރު ޑިމިޓްރޯ ކުލެބާ އާދީއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޕުޓިން އަކީ ދޮގުވެރިއެއް ކަމަށެވެ. "އޮޅުވާނުލާ: އޭނާއަކީ ތަޖުރިބާކާރު ދޮގުވެރިއެއް، އޭނާ ކަމެއް ނުކުރާނެ ކަމަށް ވައުދުވި ކޮންމެ ފަހަރަކު އެއީ އޭނާގެ ރޭވުމުގެ ތެރޭގައި ހިމެނޭ ކަމެއް" ޑިމިޓްރޯގެ ޓްވީޓްގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
