"...ޖިނާއީ ބޮޑު ތުހުމަތަކުން ދިފާއުވާނޭ ސާބިތު ހެކި އަތުގައި ހުރެ، އެ ހެކި ހާމަނުކޮށް ހަނުހުންނާނެ ސަބަބުވެރި އެއްވެސް އިންސާނެއް ހުރެދާނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެވެ އެވެ. މި ހެކިތައް ތަހުގީގު މަރުހަލާގައި ހާމަނުކޮށް ޝަރީއަތުގައި ހެކި ހާމަކޮށްފައި ވުމުގެ އިތުރަށް ހެކިން ހެކިބަސް ދީފައިވާ ގޮތަށް ބަލާއިރު ހެކިންގެ ސައްހަ ކަމާ މެދު ސުވާލު އުފެދެ އެވެ." ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެ އެވެ.ތަހުގީގުގެ މަރުހަލާގައި ޔާމީނު ހަނުހުންނެވި ހަނު ހުންނެވުން، ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ހިލާފެވެ. އެ ގާނޫނުގެ (47) ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މީހަކު ތަހުގީގަށް ދޭ މައުލޫމާތަކީ އޭނާއާ އެއްކޮޅަށް ބޭނުންކުރެވޭނެ މައުލޫމާތެއް ނަމަ އެކަން، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާމަކުރަން ޖެހެެ އެވެ. އެހާލަތުގައި ހަނުހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެ ކަމަށް ވެސް އެ މައްދާގައި ވެ އެވެ. ހުކުމުގައިވާ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ގާނޫނުގައި، އެ ހާލަތުގައި ހަނުނުހުރެވޭ ގޮތަށް ކަނޑައަޅާގައި އޮތީ ވެސް، ތަހުގީގުގައި ހަނުހުރުމަށް ފަހު ޝަރީއަތުގައި ދިފާއު ނެގުމުން، އެ ދިފާއުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭނެތީ އެވެ. "އަދި މުއްތަހަމާ ދެކޮޅަށް ނުރަނގަޅު އިސްތިދުލާލެއް ކުރުމަށް ކަމަށް ވީ ހިނދު، މިހެކިތައް ތަހުގީގު މަރުހަލާގައި ހާމަނުކޮށް، ޝަރީއަތުގައި ހެކި ހާމަކޮށް، ހެކިންގެ ހެކިބަސް އަދާކޮށްފައިވާ ގޮތުން، މިހެކިތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދި ޝައްކު އުފެދެން އޮވެ އެވެ،" ހުކުމުގައި ވެ އެވެ.
ޔާމީނު ހަނުހުންނެވުން، ދިފާއީ ހެކި ސައްހަ ނުވުމުގެ ބޮޑު ސަބަބަކަށް!

ޔާމީނު ހަނުހުންނެވުން، ދިފާއީ ހެކި ސައްހަ ނުވުމުގެ ބޮޑު ސަބަބަކަށް!
ލިޔުން:
ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމުގެ މައްޗަށް، ރިޝްވަތު ހިފުމާއި މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުުކުމެއް އިއްވި އިރު އެ މައްސަލައިގެ ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ދިފާއީ ހެކިތައް ވީ ބޭކާރެވެ. އެ ހެކިތައް ބޭކާރު ވުމުގައި ގިނަ އެހެން ސަބަބުތަކެއް ހުރި ނަމަވެސް، ކްރިިމިނަލް ކޯޓުގެ ހުކުމުން އެނގުނު ގޮތުގައި ތަހުގީގުގެ މަރުހަލާގައި އެމަނިކުފާނު ހަނު ހުންނެވި ހުންނެވުމަކީ ދިފާއީ ހެކީގެ ބުރަދަނެއް ނެތުނު ބޮޑު ސަބަބެކެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވާ ގޮތުން، ޔާމީނުގެ އެކައުންޓަށް ޔޫސުފު ނައީމު ޖަމާކުރި އެއް މިލިޔަން ޑޮލަރަކީ "އިނޮސެންޓް" ޑޮލަރު ގަތުމުގެ މުއާމަލާތެއް ނަމަ ތަހުގީގުގެ މަރުހަލާގައި އެކަމުގެ ހެކި ހާމަ ނުކުރައްވާ ހުންނަވާނެ ކަމަކަަށް ޝަރީއަތަކަށް ގަބޫލެއް ނުކުރެވެ އެވެ. އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ސަބަބުވެރި އިންސާނަކު އަވަސްވެގަންނާނީ ކުށުން ބަރީއަ ވެވޭ ފަދަ ހެކި އަތުގައި ހުރީތީ އެ ހެކިތައް ހާމަކުރަން ކަމަށް ވެސް ހުކުމުގައި ވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
