ޔަހޫދީން އާބާދުކުރަން އިޒްރޭލުން ހުޅަނގު އައްސޭރީގައި 1300 ހައުސިން ޔުނިޓް

ޔަހޫދީން އާބާދުކުރަން އިޒްރޭލުން ހުޅަނގު އައްސޭރީގައި 1300 ހައުސިން ޔުނިޓް
ލިޔުން:
ހިފާފައިވާ ހުޅަނގު އައްސޭރީގައި 4،650 ހައުސިން ޔުނިޓް އެޅުމަށް ތާއީދުކުރަން ބެންޖަމިން ނަތަންޔާހޫ އިސްވެ ހުންނަވާ އިސްރާއީލު ސަރުކާރުން ހުށަހަޅައިފިއެވެ.
އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ ސުޕްރީމް ޕްލޭނިން ކައުންސިލްގެ ކުރިއަށް އޮތް ބައްދަލުވުމުގައި މި ޕްލޭންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ތާވަލުކޮށްފަރއެވެ.
އެންމެ 1،332 ހައުސިން ޔުނިޓަށް ފައިނަލް އެޕްރޫވަލް ހޯދަމުން އަންނައިރު، ބާކީ ހުރި ޔުނިޓްތައް އަދިވެސް އޮތީ ޕްރިލިމިނަރީ ކްލިއަރެންސް މަރުހަލާގައި ކަމަށް ވާއިރު، އިޒްރޭލު ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ނުތަނަވަސްވާނެ ކަމަށް ބެލެވެއެވެ. ހުޅަނގު އައްސޭރީގެ އިދާރީ ކަންކަން ބެލެހެއްޓުމުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވިދާޅުވީ، އާބާދީތައް ތަރައްގީކޮށް، އެ ސަރަހައްދުގެ މައްޗަށް އިސްރާއީލުގެ ކޮންޓްރޯލް ހަރުދަނާ ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
އިސްރާއީލު ސަރުކާރުގެ މި ނިންމުމަށް ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގައި އަމިއްލަ ވެރިކަން ކުރަމުންދާ ފަލަސްތީނު އޮތޯރިޓީގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ އޮތޯރިޓީން ވަނީ ހޯމަ ދުވަހު އިޒްރޭލާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ޖޮއިންޓް އިކޮނޮމިކް ކޮމިޓީގެ ބައްދަލުވުން ބޮއިކޮޓްކޮށްފައިވާކަން އިއުލާނުކޮށްފައެވެ.
ގައްޒާގައި ހަރަކާތްތެރިވާ އަދި ހަމަލާތައް ދޭން މަޝްހޫރު އިސްލާމީ ޖަމާއަތެއް ކަމަށްވާ ހަމާސް އިން ވަނީ އެކަން ކުށްވެރިކޮށް، ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އިޒްރޭލުން، އެ މީހުންގެ ބިމުގެ ސައްހަކަމަށް ބުނާ ބުނުމާ ދެކޮޅު ހަދާނެ ކަމަށް ބުނެފަ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ހުޅަނގު އައްސޭރި އާއި ގައްޒާގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ޒަމާނުއްސުރެ ވަކާލާތު ކުރަމުން އަންނަ އިރު، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށެވެ.
ފަލަސްތީނާ އެކު ސުލްހަ ގާއިމުކުރުމަށް ހުރަސް އެޅޭކަމަށް ބެލެވޭތީ، އާބާދީ ބޮޑުކުރުން ހުއްޓާލުމަށް އެމެރިކާއިން މީގެ ކުރިން އެދުނު ނަމަވެސް، ނަތަންޔާހޫގެ ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހު ވެރިކަމަށް އައުމަށްފަހު ހައުސިން ޔުނިޓްތަކަށް ރުހުން ދިނުމުގެ ދުވެލި ހަލުވިކޮށްފައެވެ. .
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
