މާލެ: 31°C

ޝީގެ ދައުވަތަކަށް އައްބާސް ޗައިނާއަށް ވަޑައިގަންނަވަނީ

June 12, 2023
2 ފަހަރު ބަލާފައި
ޝީގެ ދައުވަތަކަށް އައްބާސް ޗައިނާއަށް ވަޑައިގަންނަވަނީ
ޝީގެ ދައުވަތަކަށް އައްބާސް ޗައިނާއަށް ވަޑައިގަންނަވަނީ
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަންނަ ހަފުތާގައި ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ. އައްބަސް ޗައިނާއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައި މިވަނީ އިޒްރޭލާ ފަލަސްތީނުގެ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ތައްޔާރަށް އޮތްކަން ޗައިނާއިން ހާމަކޮށްފައި ވަނިކޮށެވެ. ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ހުއާ ޗުންޔިންގް ހުކުރު ދުވަހު ވިދާޅުވީ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ފަލަސްތީނު ރައީސް މަހްމޫދު އައްބާސް މި މަހުގެ 13 އިން 16 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. ޗައިނާއަކީ ފަލަސްތީނާ އެކު ބަދަހި އަދި ރަހުމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ ހާރިޖީ ވުޒާރާގެ އިތުރު އޮފިޝަލެއް ކަމަށްވާ ވަންގް ވެންބިން ވިދާޅުވިއެވެ. އަދި މަހްމޫދު އައްބާސް އަކީ ޗައިނާ ރައްޔިތުންގެ ޒަމާންވީ އަދި ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ވަންގް ވަނީ ސިފަކުރެއްވިއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް އިއާދަކުރުމަށް ޗައިނާއިން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު ރައީސް ޝީ ވަނީ ސައުދީ އަރަބިޔާ ގައި އައްބާސްއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ޝީ ވަނީ ފަލަސްތީނުގެ މައްސަލައަށް އަވަސް، އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ އޭޕްރީލް މަހު ޗައިނާގެ ހާރިޖީ ވަޒީރު ކިން ގޭންގް ވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މަޝްވަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ބޭނުންވާކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ މަޝްވަރާތައް ވީހާވެސް އަވަހަކަށް ފެށުމަށް ޗައިނާއިން ތާއީދުކުރާ ކަމަށާއި ދެ ދައުލަތުގެ ހައްލެއް ތަންފީޒު ކުރުމަށް ވަކާލާތު ކުރައްވާ ކަމަށެވެ. ޖުމްލަ ގޮތެއްގައި ޗައިނާގެ މި ސްޓޭންޑުން ދޭހަވަނީ ފަލަސްތީނަށް ތާއީދުކޮށް ސުލްހަ ގާއިމުކުރުމަށާއި އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ