މާލެ: 31°C

ވިކިލީކްސްގެ ބާނީ 14 އަހަރު ފަހުން މިނިވަންކަމާއެކު އެނބުރިގައުމަށް

June 26, 2024
2 ފަހަރު ބަލާފައި
ވިކިލީކްސްގެ ބާނީ 14 އަހަރު ފަހުން މިނިވަންކަމާއެކު އެނބުރިގައުމަށް
ވިކިލީކްސްގެ ބާނީ 14 އަހަރު ފަހުން މިނިވަންކަމާއެކު އެނބުރިގައުމަށް
ސިއްރު މައުލޫމާތު ލީކުކުރާ ވެބްސައިޓް ވިކިލީކްސްގެ ބާނީ އޮސްޓްރޭލިއާގެ ޖޫލިއަން އަސާންޖް 14 އަހަރު ފަހުން މިނ ިވަންކަމާއެކު އެނބުރި އޭނާގެ ގައުމުކަމަށްވާ އޮސްޓްރޭލިއާއަށް ހިނގައްޖެއެވެ. އަސާންޖު އާއި އޭނާގެ ވިސްލްބްލޯކުރާ ވެބްސައިޓް 2010 ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި މަޝްހޫރުވީ އިރާގާއި އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅޭ ގޮތުން އަސްކަރިއްޔާގެ ކުރީގެ އިންޓެލިޖެންސް އެނަލިސްޓް ޗެލްސީ މެނިންގެ އެތަށް ބައިވަރު ސިއްރު މައުލޫމާތުތަކެއް ލީކުކުރުމާ ގުޅިގެންނެވެ. އެގޮތުން ވިކިލީކްސް އިން ވަނީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހު އިރާގުގެ ބަޤްދާދުގެ އާއްމުންނަށް އަމާޒްކޮށް އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ދިން ހަމަލާއެއްގައި އާއްމުން މަރުވާ މަންޒަރުތަކެއް ލީކުކޮށް އަދިު އެ ހާދިސާއަށްފަހު ހިނގާފައިވާ އެކި ކަންކަމާގުޅޭ 91000 ސިއްރު މައުލޫމާތު ޖުލައި 2010 ވަނައަހަރު ލީކުކޮށްލާފައެވެ. އަދި މި ނޫނަސް ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުގެ ވެރިންގެ މެދުގައި ދެކެވެިފައިވާ ސިއްރު އެތައް މައުލޫމާތެއް އެ ވެބްސައިޓުން ލީކުކޮށްލާފައިވެއެވެ. 2010 އޯގަސްޓް މަހު ސްވިޑަން އިން އަސާންޖު ހައްޔަރުކޮށް ފުލުހުން ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވަނިކޮށް އެއަހަރުގެ ނޮވެމްބަރ މަހު ސްވިޑަންގެ ފުލުހުން އާސަންޖު ހައްޔަރުކުރުމުގެ އަމުރެއް އިންޓަޕޯލް މެދުވެރިކޮށް ހޯދާފައިވެއެވެ. އެ އަމުރާގުޅިގެން ޑިސެމްބަރ މަހު އާސަންޖު ލަޑަންޑަންގެ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުން ހައިކޯޓުން އޭނާ އެނބުރި ގައުމަށް ދިއުމަށް ޝަރުތުކޮށް ދޫކޮށްލިއެވެ. ނަމަވެސް ފަހުން 2011 ވަނަ އަހަރުގެ ފެބުރުއަރީމަހު އަނެއްކާވެސް ލަންޑަންގެ ޑިސްޓްރިކްޓް ކޯޓުން ވަނީ އަސާންޖު ސްވިޑަން އާއި ޙަވާލުކުރުމަށް އަމުރުކޮށްފައެވެ. އެހެންކަމުން އެ އަމުރު އިސްތިއުނާފުކުރުމަށް އާސަންޖު ކުރި މަސައްކަތް ނާކާމިޔާބުވުމުން ޖޫން 2012 ގައި އަސާންޖް އިނގިރޭސިވިލާތުގެ ސެންޓްރަލް ލަންޑަންގައި ހުންނަ އިކުއެޑޯގެ އެމްބަސީއަށް ވަދެ ހިމާޔަތް ހޯދިއެވެ. އައަށްފަހު ލަންޑަނުގެ ފުލުހުން އޭނާ ބޭރަށް ނުކުމެއްޖެނަމަ ހައްޔަރުކުރުމަށްޓަކައި 24 ގަޑިއިރު އެމްބަސީގެ ބޭރުގައި ފޯރިމަރަންފެށިއެވެ. އަސާންޖު އިކުއެޑޯ އެމްބަސީގައި ދިރިއުޅެމުންދަނިކޮށް ލަންޑަންގެ ފލުހުން  ވަދެ ހައްޔަރުކޮށްފައިުވަނީ 2019 ވަނަ އަހަރުއެވެ. އެކުއެޑޯ އެމްބަސީގައި އާސަންޖު ދިރިއުޅުނު 7 އަހަރު އެކިއެޑޯއިން ވަނީ އާސަނމްޖު އަށް ހިމާޔަތްދީފައެވެ. އަސާންޖު ގެ މައްޗަށް އެކި މަރުހަލާގެ ކޯޓްތަކުގައި މައްސަލަތައް ބެލިނަމަވެސް 14 އަހަރުފަހުން މިނިވަންކަމާއެކު އެނބުރި އޮސްޓްރޭލިއާއަށް ދިއުމުގެ ފުރުސަތު އާސަންޖުއަށް ދިނުމާއެކު އޭނާ މިހާރުވަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ އެހީގައި ޕްރައިވެޓް ޖެޓެއްގައި އެނބުރި އޮސްޓްރޭލިއާއަަށް ގޮއްސައެވެ. އެކަމަށްޓަކޖައި އޮސްޓްރޭލިއާ ސަރުކާރުން 54000 އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ބައިނަލް އަގްވާމީ ހަބަރުފަތުރާ ވަސީލަތްތަކުން ވަނީ ރިޕޯޓްކޮސްފއެވެ. އަދި އެ ފައިސާއަކީ އަސާންޖު އޮސްޓްރޭލިއާ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ ފައިސާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ