މާލެ: 31°C

ޑަބްލިއުއެޗްއޯގެ އިންޒާރު: ފަސޭހައިން ދޫނި ރޯގާ ޖެހިދާނެ!

July 13, 2023
2 ފަހަރު ބަލާފައި
ޑަބްލިއުއެޗްއޯގެ އިންޒާރު: ފަސޭހައިން ދޫނި ރޯގާ ޖެހިދާނެ!
ޑަބްލިއުއެޗްއޯގެ އިންޒާރު: ފަސޭހައިން ދޫނި ރޯގާ ޖެހިދާނެ!
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޫނި ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ އދ.ގެ ތިން އިދާރާއަކުން ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދީފިއެވެ. އެ ވައިރަސް އިންސާނުންނަށް ފަސޭހައިން ފެތުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ކުކުޅު ދަނޑުތަކުގައި ސާފުތާހިރުކަމުގެ އާދަތައް ދެމެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ގޮވާލާފައިވެއެވެ. ފަހަކަށް އައިސް ޖަންގަލީގެ ދޫނިތަކުގެ މެދުގައި ވަރަށް ބޮޑަށް ފެތުރޭ "އެޗް5އެން1" ނަމަކަށް ކިޔާ ދޫނި ރޯގާގެ އާ ބާވަތެއް މިހާރު ވަނީ ކުރިން ފެނިފައިނުވާ ސަރަހައްދުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. ދޫނިތަކަށްވުރެ އިންސާނުންނާ ގާތް، ކުދިކުދި ދިރޭ ތަކެތީގެ މެދުގައި އެޗް5އެން1 އޭވިއަން އިންފްލުއެންޒާ ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އިންސާނުންނަށް ބަލި ޖެހުމަށް މި ވައިރަސް ފަސޭހައިން އެޑަޕްޓްވެދާނެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިންސާނުންގެ ތެރެއިން މި ވަރިރަސް ފެނިފައިވާއިރު މިހާތަނަށް ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ އަށް މީހެއްގެ ފަރާތުންނެވެ. ޑަބްލިއު.އޯ.އޭ.އެޗްގެ ޑރ ގްރެގޯރިއޯ ޓޮރޭޒް ވަނީ އެވިއަން އިންފްލުއެންޒާގެ އިކޮލޮޖީ އާއި އެޕިޑެމިއޮލޮޖީއަށް ދާދި ފަހުން އައި ބަދަލުތަކުގެ ސަބަބުން އާ ސަރަޙައްދުތަކަށް ބަލި ފެތުރުމާއި، އާދަޔާ ހިލާފަށް ދޫނި މަރުވުމާއި، ކޭސްތައް އިތުރުވުމުގެ ސަބަބުން މުޅި ދުނިޔޭގައި ކަންބޮޑުވުން އުފެދިފައިވާކަން ފާހަގަކުރައްވާފައެވެ. ޑަބްލިއުއެޗްއޯ އިން ދަނީ ވައިރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން މި މެމަލް އައުޓްބްރޭކްތައް ފެތުރިދާނެ ކަމަށް ބެލެވޭ ބަދަލުތަކާއި، އިންސާނުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމަށް ދިރާސާތައް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ