މާލެ: 31°C

ވައިޓް ހައުސުން ޑްރަގު ފެނުނު މައްސަލައެއް ބަލަން ފަށައިފި

July 6, 2023
2 ފަހަރު ބަލާފައި
ވައިޓް ހައުސުން ޑްރަގު ފެނުނު މައްސަލައެއް ބަލަން ފަށައިފި
ވައިޓް ހައުސުން ޑްރަގު ފެނުނު މައްސަލައެއް ބަލަން ފަށައިފި
އެމެރިކާގެ ރައީސް ދިރިއުޅުއްވާ ވައިޓް ހައުސްއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ފެނުނު މައްސަލަ އެއް ސީކްރެޓް ސާވީސް އިން ބަލަން ފަށައިފިއެވެ. ކޮކެއިން ފެނިފައިވަނީ ވެސްޓް ވިންގްގެ ޓުއާ ގްރޫޕްތަކަށް ވަދެވޭ ސަރަހައްދެއްގެ ރޫޓީން އިންސްޕެކްޝަނެއްގެ ތެރެއިންނެވެ. އޭގެ ތެރޭގައި އޯވަލް އޮފީހާއި ރައީސްގެ އެހީތެރިންނާއި މުވައްޒަފުން މަސައްކަތްކުރާ ސަރަހައްދުތައް ހިމެނެއެވެ. އެ ތަކެތި ފެނުނު ވަގުތު ރައީސް ޖޯ ބައިޑަން ވައިޓް ހައުސް ގައި ނެތް ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ވައިޓް ހައުސްއިން މީހުން ހުސްކުރަން ޖެހުނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ތަކެތި ފެނިފައިވަނީ އާންމުކޮށް ވައިޓް ހައުސްގެ މުވައްޒަފުންނާއި ގެސްޓުން މޯބައިލް ފޯނު ރައްކާކުރުމަށް ބޭނުންކުރާ ސްޓޯރޭޖް ފެސިލިޓީއަކުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވައިޓް ހައުސް ކޮމްޕްލެކްސް ބަންދުކޮށްފައިވާއިރު ޕްރިލިމިނަރީ ޓެސްޓުން އެ މާއްދާއަކީ ކޮކެއިންކަން ކަށަވަރުވެފައިވެއެވެ. ޑްރަގު، ވައިޓް ހައުސްއަށް ވަދެފައިވާ ގޮތް ދެނެގަތުމަށް ސީކްރެޓް ސާވިސްއިން ފުރިހަމަ ރިވިއުއެއް ކުރާނެއެވެ. ވައިޓް ހައުސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރެސް ސެކްރެޓަރީ ކެރިން ޖީން ޕިއެރޭ ވިދާޅުވީ އެ ހާދިސާއާ ބެހޭ ގޮތުން ބައިޑަށް އަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބެއް ނުދެއްވައެވެ. ސެނެޓްގެ ޖުޑިޝަރީ ކޮމިޓީގައި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސެނެޓަރު ޓޮމް ކޮޓަން ވަނީ ވައިޓް ހައުސްގެ ސެކިއުރިޓީ އާއި ވިޒިޓާ ސްކްރީން ކުރުމުގެ މަރުހަލާއާ ގުޅޭ ގޮތުން ސުވާލުތަކެއްކޮށް ސީކްރެޓް ސާވިސްގެ ޑިރެކްޓަރަށް ސިޓީއެއް ފޮނުއްވައިފައެވެ. މީގެ ކުރިންވެސް ރިޔާސީ ގެކޮޅުން މަސްތުވާތަކެތި ފެނުނު މައްސަލަތަކާ ބެހޭ ގޮތުން ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ