މާލެ: 31°C

ހުޅަނގު އައްސޭރީގެ އަވަށަކަށް އިސްރާއީލުގެ ވަޒަންވެރިން ދިން ހަމަލާގައި ފަލަސްތީނު ހަތަރު މީހަކު މަރާލައިފި

June 22, 2023
2 ފަހަރު ބަލާފައި
ހުޅަނގު އައްސޭރީގެ އަވަށަކަށް އިސްރާއީލުގެ ވަޒަންވެރިން ދިން ހަމަލާގައި ފަލަސްތީނު ހަތަރު މީހަކު މަރާލައިފި
ހުޅަނގު އައްސޭރީގެ އަވަށަކަށް އިސްރާއީލުގެ ވަޒަންވެރިން ދިން ހަމަލާގައި ފަލަސްތީނު ހަތަރު މީހަކު މަރާލައިފި
ހުޅަނގު އައްސޭރީގައި، އިސްރާއީލުގެ ވަޒަންވެރިން ހިންގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ހަތަރު މީހަކު މަރާލައިފިއެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެފައެވެ. އޮފިޝަލުން ވިދާޅުވީ ހިލަ އާއި ކަރުނަ ގޭހުގެ ސަބަބުން ފަލަސްތީނުގެ 37 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި އެމްބިއުލާންސް ހިމެނޭ ގޮތަށް 147 އުޅަނދެއްގައި ރޯކޮށް 23 ގެއަކާއި 16 ފިހާރައަކަށް ގެއްލުންދީ ދަނޑު ބިންތަކުގައި ރޯކޮށްލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިއްޔެ ރޭގައި ހަމަލާތައް ދީފައި ވަނީ ރަމަﷲ ގެ އިރުން ތުރުމުސްއައްޔާއިން ފެށިގެން ނަބްލޫސްގެ ހުޅަނގުން ދީރް ޝަރަފްއާ ހަމައަށެވެ. އެ ސަރަހައްދަކީ ގުދުސްއާ ގާތްގަނޑަކަށް 50 ކިލޯމީޓަރު އުތުރުގައި އޮންނަ ސަރަހައްދެކެވެ. އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް)ގެ ޗީފް ސްޕޯކްސްޕާސަން ރިއާ އެޑްމް ޑެނިއަލް ހަގާރީ ވަނީ ގާނޫނު އަތްމައްޗަށް ނުނެގުމަށް އިލްތިމާސްކުރައްވާފައެވެ. ނަމަވެސް މީހުން މަރާލި ސަރަހައްދުގައި ވާހަކަ ދައްކަވަމުން ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓާމާރް ބެން ގްވީރު ވަނީ ފަލަސްތީނުގެ ހަމަލާތަކަށް ނުތިބެ ހަތިޔާރު ބޭނުން ކުރުމަށް އިޒްރޭލުގެ ވަޒަންވެރިންނަށް ގޮވާލައްވާފައެވެ. ޖެނިންގައި އިސްރާއީލުން މިދިޔަ ހަފުތާގެ ކުރީކޮޅު ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ހަތް މީހަކު މަރުވެ އެތައް ބަޔަކު ވަނި ޒަހަމްކޮށްލާފައެވެ. ޖެހިގެން އައި ދުވަހު ހުޅަނގު އައްސޭރީގެ އެލީ ކިޔާ ސަރަހައްދެއްގައި ފަލަސްތީނުގެ ހަތިޔާރު އެޅި ދެ މީހަކު ވަނީ އިޒްރޭލުގެ ހަތަރު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފަ އެވެ. އޭގެ ފަހުން އިސްރާއީލު ސިފައިން ވަނީ ހަތިޔާރު އެޅި ދެ މީހުން ވެސް މަރާލާފައެވެ. ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް އިން ބުނީ ހަތިޔާރު އެޅި މީހުންނަކީ އެ ޖަމާއަތުގެ މީހުން ކަމަށެވެ. ވަޒަންވެރިންގެ ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލުން ފަސްޖެހޭ ކަމަށް ބުނެ ފަލަސްތީނުގެ ރައްޔިތުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ގިނަ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފަލަސްތީނުގެ ފަތަހް ޕާޓީން ވަނީ ވަޒަންވެރިން ދެމުންދާ ހަމަލާތަކާ ކުރިމަތިލުމަށް  އެދިފައެވެ. ފަލަސްތީނު އިސްލާމިކް ޖިހާދުގެ ތަރުޖަމާނު ޖިހާދު ސެލްމީ ވިދާޅުވީ ގަވައިދާ ހިލާފަށް ވަޒަންވެރިވުމަކީ ދެކޮޅު ހެދުމުގެ ސައްހަ އަމާޒެއް ކަމަށް ބެލެވޭ ކަމަށާއި އިޒްރޭލުގެ ހަމަލާތަކުގެ މަގްސަދަކީ ޓެރަރިޒަމް ހަރަކާތްތައް އިތުރުކުރުން ކަމަށށެވެ. އެކަމާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ