ވިހެއި އެއްމާބަނޑު ދެ ކުދިން މަރާލީ ފިރިހެންކުދިންނަށް ނުވީމައި!

ވިހެއި އެއްމާބަނޑު ދެ ކުދިން މަރާލީ ފިރިހެންކުދިންނަށް ނުވީމައި!
ލިޔުން:
އިންޑިއާގެ ދިއްލީގައި ވިހެއި އެއްމާބަނޑު ދެ އަންހެންކުދިން އުފަންވިތާ 2 ދުވަސް ފަހުން މަރާލައިފިއެވެ.
މަރާލާފައިވާ ދެކުދިންގެ މަންމަ ފުޖާ އިންޑިއާގެ ފުލުހުންނަށް ކިޔާދީފައިވާގޮތުން ދެކުދިންގެ ބައްޕަ ނީރަޖް ސްލަންކީއާއި ޕޫޖާ ކައިވެނިކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. ކައިވެންޏަށްފަހު ނީރަޖް ސްލަންކީ އާއި އޭނާގެ ދައްތަ ދިޔައީ ފިރިހެން ދަރިއަކު ވިހެއުމަށް އެދި ޕްރެޝަރުކުރަމުންނެވެ. ޕޫޖާ މާބަނޑުވެ ވިހަން ނިއުދިއްލީ ހޮސްޕިޓަލަށް ގެންދެވުމާ ހަމައަށްވެސް ފިރިމީހާ އުންމީދުކުރަމުންއައީ ފިރިހެން ކުއްޖެއް ވިހާނެކަމަށެވެ. ނަމަވެސް މެއި 30 ވަނަ ދުވަހު ޕޫޖާ އަށް އެއްމާބަނޑު ދެ އަންހެންކުދިން ލިބުމާއެކު ފިރިމީހާގެ ނުރުހުމުގެ ބަސްތައް ހޮސްޕިޓަލުގައި ޕޫޖާއަށް ރަށްދުކޮށްފައިވެއެވެ.
ވިހެއުމަށްފަހު އޭގެ ދެ ދުވަސްފަހުން ޕޫޖާ އާއި ދެކުދިން ހޮސްޕިޓަލުން ދޫކޮށްލުމާއެކު ފިރިމީހާ ޕޫޖާ ގާތު ބުނީ ދެކުދިން ގޮވައިގެން އެހެން ކާރެއްގައި ގެއަށް ދާނެކަމަށާއި ޕޫޖާ ވަކި ކާރަކަށް އެރުމަށެވެ. ނަމަވެސް ޕޫޖާ ކިޔާދިން ގޮތުގައި ފިރިމީހާ އެރި ކާރު ވަކި ހިސާބަކުން އެހެން މަގަކަށް އަޅައި ގެއްލުނެވެ.
އެހާހިސާބުން ޕޫޖާގެ ކޮށްކޮ ނީރަޖް އަށް ގުޅަން މަސައްކަތްކުރިނަމަވެސް ފޯނު ނިއްވާލާފައިވާތީ ގުޅޭގޮތެއްނުވިއެވެ. އެއާއެކު ޕޫޖާ އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ހޯދި ހޯދުންތަކުން ޖޫން 5 ވަނަދުވަހު އެ ދެކުދިންގެ ހަށިގަނޑު ވަނީ ވަޅުލާފައި އޮއްވާ ހޯދާފައެވެ. އަދި އެ މައްސަލައާއި ގުޅިގެން ނީރަޖް ގެ ބައްޕަ (އެ ދެކުދިންގެ ކާފަ) ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި ނީރަޖް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
