މާލެ: 31°C

ވެއްޓުނު ނޭޕާލު ފްލައިޓްގެ ބްލެކްބޮކްސް ސިންގަޕޫރަށް ފޮނުވަނީ

January 29, 2023
2 ފަހަރު ބަލާފައި
ވެއްޓުނު ނޭޕާލު ފްލައިޓްގެ ބްލެކްބޮކްސް ސިންގަޕޫރަށް ފޮނުވަނީ
ވެއްޓުނު ނޭޕާލު ފްލައިޓްގެ ބްލެކްބޮކްސް ސިންގަޕޫރަށް ފޮނުވަނީ
ނޭޕާލުގައި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހިނގި މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި ފްލައިޓުގެ ބްލެކް ބޮކްސް ނުވަތަ ކަޅު ފޮށިތައް އެނަލިސިސް ކުރުމަށް ސިންގަޕޫރަށް ފޮނުވަން ނިންމާފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފިއެވެ. ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު ވެސް ބަލާނީ ސިންގަޕޫރުގެ ޓްރާންސްޕޯޓް ސޭފްޓީ އިންވެސްޓިގޭޝަން ބިއުރޯގެ ތަޖުރިބާކާރުންނެވެ. ކަޅު ފޮށި، މަތިންދާބޯޓު އުފެއްދި ފްރާންސަށް ގެންދިއުމަށް ފުރަތަމަ ލަފާ ދިން ނަމަވެސް ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވިސްނަނީ ރެކޯޑަރުތައް ސިންގަޕޫރަށް ފޮނުވުމަށެވެ. މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2007 ވަނަ އަހަރު ގާއިމުކުރި ސިންގަޕޫރުގެ އެމްއޯޓީގެ ޓްރާންސްޕޯޓް ސޭފްޓީ އިންވެސްޓިގޭޝަން ބިއުރޯ (ޓީއެސްއައިބީ) ގެ ފްލައިޓް ރެކޯޑާ ރީޑްއައުޓް ފެސިލިޓީގައެވެ. "ތަހުގީގާ ގުޅުންހުރި ހުރިހާ މައުލޫމާތެއް، އޭގެ ތެރޭގައި ތަހުގީގުތައް ކުރިއަށްދާ ގޮތާއި ހޯދުންތައް ހިމެނޭ ގޮތަށް ކަންކަން ބަލަހައްޓާނީ ނޭޕާލްގެ އިންވެސްޓިގޭޝަން އޮތޯރިޓީން،" ތަރުޖަމާނު ވިދާޅުވިއެވެ. ކަޅުފޮށީގެ ނަމުން ނަން ދީފައިވާ ފްލައިޓް ރެކޯޑަރަކީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތަކާއި ހާދިސާތައް ތަހުގީގަށް އެހީތެރިވުމުގެ ގޮތުން މަތިންދާ ބޯޓުތަކުގައި ބަހައްޓާފައިވާ އިލެކްޓްރޯނިކް ރެކޯޑިން ޑިވައިސް އެކެވެ. އެއީ ފްލައިޓުގައި އިންޖީނުގެ އަޑުތަކާއި އިންސްޓްރޫމެންޓަލް އިންޒާރުތަކާއި އެހެނިހެން އޯޑިއޯ ރެކޯޑިންތައް ރައްކާކޮށްދޭ އެއްޗެކެވެ. ޕައިލެޓުން ބޭނުންކުރާ ހެޑްސެޓްތަކުގެ މައިކްރޯފޯނާއި އިއާފޯންތަކުން އޯޑިއޯ ސިގްނަލްތައް ރައްކާކުރާ ކޮކްޕިޓް ވޮއިސް ރެކޯޑަރެއް ވެސް ހުރެއެވެ. ވެރިރަށް ކަތުމަންޑޫގެ ހުޅަނގުން 200 ކިލޯމީޓަރު (125 މޭލު) ދުރުގައި އޮންނަ ރިސޯޓް ޓައުނެއް ކަމަށްވާ ޕޮކަރާއަށް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ވެއްޓުނު ފްލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން މީހުންގެ ހަށިގަނޑު ވަނީ ހޯދާފައެވެ. ދެ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. އެ ބޯޓުގައި 68 ފަސިންޖަރުން ތިބި އިރު އޭގެ ތެރޭގައި 15 ބިދޭސީންގެ އިތުރުން ހަތަރު ފަޅުވެރިން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް މީހަކާއި ރަޝިއާގެ ހަތަރު މީހަކާއި ދެކުނު ކޮރެއާގެ ދެ މީހަކާއި އަޔަލެންޑް، އޮސްޓްރޭލިއާ، އާޖެންޓީނާ އަދި ފްރާންސްގެ މީހެކެވެ. އޭވިއޭޝަން ސޭފްޓީ ގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ހާދިސާއިން ދައްކުވައިދެނީ ފަރުބަދަމަތީ ސަރަހައްދުތަކާއި މޫސުން ގޯސްވުމުގެ ސަބަބުން އުދުހުމުގައި ދަތިތަކެއް ކުރިމަތިވާ ނޭޕާލްގެ ވައިގެ ރައްކާތެރިކަމުގެ ރެކޯޑް ދަށްކަން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ